ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރައްދުން އިންޑިޔާގެ ދެ ބޯޓެއް ފެނިއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި އެ ދެ ބޯޓަކީ އިންޑިޔާއިން ގެއްލިގެން އުޅޭ ދެ ބޯޓު ހޯދުމަށް ނިކުމެ އުޅުނު ދެ ބޯޓެވެ. އެ ދެ ބޯޓު ފެނުނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެ އެވެ.
އެ ދެ ބޯޓުގެ ތެރެއިން އެއް ބޯޓުގެ އިންޖީނު ހުއްޓިގެން ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ. މިހާރު އެ ދެ ބޯޓު ދަތުރު ކުރަމުންދަނީ މަލިކުގެ ބޭރު ކަނޑުން ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.