ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް އިން އަނެއްކާވެސް ކެމްޕޭން ފަށަން ތައްޔާރުވެއްޖެއެވެ.
ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން އަނެއްކާވެސް ކެމްޕޭން 'ފަށަނީ' ކަމަށް ވިދާޅުވެ، މިހާރު ވަނީ ޓްވީޓްކުރައްވަން ފައްޓަވާފައެވެ. މީގެ އިތުރުން ސަރުކާރުގެ ކޯލިޝަން ޕާޓްނަރ އެމްޑީއޭގެ އިސް ބައެއް ބޭފުޅުންވެސް ގެންދަވަނީ މިހެން ވިދާޅުވެ ޓްވީޓްކުރައްވަމުންނެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ކުރައްވާފައިވާ ޓްވީޓްގައިވަނީ "މިއުޅެނީ ފަށަން އިނގޭ. ނިންމާލާނީ ﷲގެ ރަޙުމަތާއިއެކު އެއްލަކިން ކާމިޔާބުކޮށްފައި"ކަމަށެވެ.
މިލިޔުންކޮޅާއިއެކު ނިހާންވަނީ ރައީސް ޔާމީން އިހްރާމް ހެދުންކޮޅުގައި ހުންނަވާ ފޮޓޯއެއް ޓްވީޓްކުރައްވާފައެވެ.
Miulheny #Fashan ingey ... ninmaalaany Allah Rahmathaa eku #Ehlakin kaamiyaabu koffa.”
— Ahmed Nihan (@ahmed_nihan) January 4, 2018
In Sha Allah...#RY2018 pic.twitter.com/CK9nbfPpKz
ނިހާންގެ ޓްވީޓަށް ފާޑުކިޔަމުން މީހަކު ލިޔެފައިވަނީ "ފޮޓޯ ކިތަންމެ ޗާލަކަސް، ނިޔަތާއި މަޤްޞަދު ސާފުނުވާހާ ހިނދަކު ރައްޔިތުންގެ ލޯބި ހޯދުމަކީ ދަތިކަމަކަށް ވާނެ" ކަމަށެވެ.
އަދި އެހެން މީހަކު ސުވާލުކޮށްފައިވަނީ ނިންމާލާ ވާހަކައިގެ މާނަޔަކީ "ކުޅެދޭ މީހުން ނުކުޅެދޭ މީހުންނަށް ހަދާފައި ނިންމާލާ ވާހަކަ" ތޯއެވެ.
ޕީޕީއެމްގެ އާއްމު ބައެއް މެމްބަރުންވެސް ކެމްޕޭން ފަށަން އުޅޭކަމަށް ދޭހަވާފަދަ ޕޯސްޓްތައް ސޯޝަލް މީޑިއާގައި އާއްމުކުރަމުންދާއިރު، ނިމިދިޔަ 2017ވަނަ އަހަރުވެސް އެތައް ފަހަރަކު ޕީޕީއެމްގެ ކެމްޕޭން ފަށާފައިވެއެވެ.