ސަރުކާރުން ހިންގާފައިވާ ޖަރީމާތައް އެންމެ ބޮޑަށް އެނގެނީ އަދީބަށް ކަމަށާއި ސަރުކާރުން އުޅެނީ އަދީބު މަރާލަން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ހިންގާފައިވާ ޖަރީމާތައް އެންމެ ބޮޑަށް އެނގޭނެ ފަރާތަކީ އަދީބު ކަމުން ސަރުކާރުން ބޭނުން ވާނީ އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ނުދީ މަރާލަން ކަމަށެވެ. މިކަން ހުއްޓުވަން ޖެހޭ ކަމަށް މަހުލޫފުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.
މަހުލޫފުގެ ޓްވީޓުގައި އިތުރަށް ވިދާޅުވީ ބޭރު ފުށުން އަދީބު ބަލިކަން ފާޅުވުމުން އެކަމާ ކަންބޮޑުވެލައްވާ ކަމަށެވެ.
Yameen hingaafaivaa jareemaathah emme bodah ingeyne faraathakee Adheeb kamun,sarukaarun beynunvanee Adheeb ah ekasheegenvaa beysfaruvaa nudhee maraalan.Mikan huttuvanjehey. Beyrufushun balikan faalhuveema kanboduvey #AuthorizeMedical4Adeeb @maryam_nashwa @MoosesSiraj @MahfuzSayd pic.twitter.com/goVapMeLXe
— Ahmed Mahloof (@AhmedMahloof) January 5, 2018
މަހުލޫފު މިހެން ވިދާޅުވިއިރު އަދީބު ރާއްޖެއިން ބޭރަށް ބޭހަށް ވަޑައިގަތުމުގެ ހުއްދަ ދިނުމަށް އަމުރުކޮށްދިނުމަށް އެދި ކުރާ ދައުވާ ނުބެލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުން ބުރާސްފަތިދުވަހުގައި ވަނީ ޝަރީއަތުގައި އެދިފައެވެ.
އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާ ވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފައެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބު ފިއްލަވާފާނެ ކަމަށާއި، އަދީބު ފިއްލަވައިފި ނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ.