ކ. މާލެ
|
4 ޖެނުއަރީ 2018 | ބުރާސްފަތި 19:06
ކޯލިޝަން ޕާޓްނަރު ރައީސްގެ އަނބިކަނބަލުންނާއިއެކު
ކޯލިޝަން ޕާޓްނަރު ރައީސްގެ އަނބިކަނބަލުންނާއިއެކު
ރައީސް އޮފީސް
މަގޭ ރިޕޯޓް
ކޯލިޝަން ޕާޓްނަރު މި ދައްކަވާ ވާހަކައިން ލަދުން ބޯހަލާކު!
ސިޔާމް ވަނީ ރައީސްގެ އަނބިކަނބަލުންނަކީ ރާނީއެއް ކަމަށް ވިދާޅުވެފަ
ރައީސްގެ އަނބިކަނބަލުން، ކުޅެދޭ މީހުން ނުކުޅެދޭ މީހުންނަށް ހައްދަވާ ކަމަށް ވިދާޅުވި
ހިލޭ އަންހެނުންނާއި ބެންކޮކުގެ ވާހަކަ ފުރަތަމަ ދެއްކެވީވެސް ސިޔާމް

އަޅުގަނޑުމެންނަށް އަދި އަމުދުން މި ޖީލުގަ، އަޅުގަނޑުމެންނަށް ﷲ ދެއްވި ނިޢުމަތަކީ، މި އިންނެވި ރާނީ އަޅުގަނޑުމެންނަށް އަދު ﷲ މިންވަރުކޮށްދެއްވީތީ. އެ ރާނީ އެ ކުރައްވާ ކަމަކީ ކުޅެދޭ މީހުން ނުކުޅެދޭ މީހުންނަށް ހެދުން. އަންހެނުން އަންހެނުންގެ ބާރުވެރިކަން ކުރުވުން.

މިއީ ސަރުކާރުގެ ކޯލިޝަން ޕާޓްނަރު، ސަރުކާރުގެ އިސްވެރިޔާގެ އަނބިކަނބަލުންނަށް ނިސްބަތްކުރައްވާ ވިދާޅުވި ބަސްފުޅެވެ. ފުރަތަމަ ކުރެއްވި ކަމަކީ އެކަމަނާ ރާނީއަކާއި އެއްފަދަ ކުރެއްވުމެވެ. އެކަމަނާއީ މިހާރު މި ދިވެހި ޤައުމުގެ ރާނީ ކަމުގައި ވާނަމަ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނަށް މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދެއްވުމުގެ ނަމުގައި ހިންގެވި މަހާސިންތާތަކާއި، ޖަލްސާތަކާއި، އެކްސްޕޯތަކުގެ ނިވަލުގައި އެކަމަނާ އެ ހިންގެވީ ހާދަހާވާ ވަރުގަދަ ބަޣާވާތެކެވެ. ރާއްޖޭގައި އޮތް ޖުމްހޫރީ، ރިޔާސީ ވެރިކަން، ވިރާސީ ރަނިކަމަކަށް އެ ބަދަލުކޮށްލެއްވީ ރައްޔިތުންނާއި، ޚުދު އަމިއްލަފުޅު ފިރިކަލުންނަށްވެސް ނާންގަވައެވެ. ރެހެނދި ޚަދީޖާ ކަހެރުވަކަކަށްވެސް ނުވިތާއެވެ.

ކޯލިޝަން ޕާޓްނަރު ދެން ވިދާޅުވީ އެކަމަނާއީ ނިޢުމަތެއް ކަމަށެވެ. މީ ޖީލަށް ލެއްވި ނިޢުމަތެއް ކަމަށެވެ. ކޯލިޝަން ޕާޓްނަރު އެފަދައިން ދެކިލައްވާނަމަ އެހެން ވިދާޅުވުމަކު މައްސަލައެއް ނެތެވެ. މައްސަލައަކަށްވީ ނިޢުމަތެކޭ ވިދާޅުވެފައި، އަޑުފުޅަށް ބާރުލައްވައި ދެން ވިދާޅުވި ވާހަކަފުޅެވެ. ކޯލިޝަން ޕާޓްނަރު ވިދާޅުވިއެވެ. އެކަމަނާއީ ކުޅެދޭ މީހުން ނުކުޅެދޭ މީހުންނަށް ހައްދަވާ ކަމަނާއެވެ. އަންހެނުންނަށް އެވެރިންގެ ބާރުވެރިކަން ހޯދައިދެއްވާ ކަމަނާއެވެ.

އަންހެނުންނަށް ބާރުވެރިކަން ހޯދައިދެއްވުމަކީ ހަމައެއްގޮތަކަށް ވެސް މައްސަލައެއް ނޫނެވެ. ނަމަވެސް ވިސްނަވާށެވެ. ކުޅެދޭ ބަޔަކު ނުކުޅެދޭ ބަޔަކަށް ހަދާނީ ހައުދަހައިވާ އަނިޔާވެރި ރާނީއެކެވެ. ކޯލިޝަން ޕާޓްނަރުގެ މި ވާހަކަތައް އަޑުއިވުމުން ހަނދާން ވަނީ އެކަމަނާގެ 33 އަހަރުގެ ރަނިކަމުގައި ޤައުމުގެ އާބާދީގެ 75 އިންސައްތަ ރައްޔިތުން މަރައި ހުސްކުރި މަޑަގަސްކަރައިގެ ކުރީގެ ރާނީ ރަނަވަލޯނާ 1 ގެ މަތިންނެވެ. އެދުވަސްވަރު ކޯލިޝަން ޕާޓްނަރު ހުންނެވި ނަމަ ރަނަވަލޯނާއީ ވެސް ނިޢުމަތެއް ކަމަށް ވިދާޅުވާނެތާއެވެ.

ކޯލިޝަން ޕާޓްނަރު މި ވާހަކައެއް ދެއްކެވިއިރާއި އޭގެ ފަހުން ރައީސްގެ އަނބިކަނބަލުންގެ މޫނުފުޅަށް އެ އަރައި ފައިބަމުން ދިޔަ ކުލަވަރުތަކަށް ބައްލަވާށެވެ. ވިދާޅުވާ ކަހަލައެވެ. މީއީ ކޮންފަދަ މޮޔައެއް ހެއްޔެވެ؟ ބޭރު ޤައުމަކަށް ފޮނުވައިފިއްޔާ ލަވަކިޔަނީއެވެ. ޕޯޑިއަމަކަށް އަރުވައިފިއްޔާ މިފަދަ މޮޔަ ވާހަކައެއް ނުދައްކައި ނުފައިބަނީއެވެ. ބެންކޮކުން އަންހެނުން ހޯދާ ވާހަކަ ދައްކައިފިއެވެ. ސުވަރުގޭގައި ގަނޑުވަރު އަޅާ ވާހަކަ ދައްކައިފިއެވެ. މިހާރު މި ދެއްކީ ކުޅެދޭމީހުން ނުކުޅެދޭ މީހުންނަށް ހަދާ ވާހަކައެވެ. ސުވަރުގޭގެ ގަނޑުވަރުގެ ވާހަކަ މިފަހަރުވެސް ދުލެއް ނުކުރެއްވިއެވެ. ރައީސްގެ އަނބިކަންބަލުންނަށް "އެކަނބުލޯގެފާނު" އޭ ވިދާޅުވެ މުޚާތަބުކުރައްވާ މިފަހަރުވެސް ގަނޑުވަރުގެ ވާހަކަ ދެއްކެވީއެވެ.

ހަމަ ހަޤީޤަތުގައިވެސް ކޯލިޝަން ޕާޓްނަރު ޕޯޑިއަމްއަށް އެރުވުން މިއަދު މި ސަރުކާރަށް ވެފައިވަނީ ބޮލުގައި ރިހުމަކަށެވެ. އެމަނިކުފާނު ޕޯޑިއަމަށް އަރާ ހިސާބުން ސަރުކާރުގެ ޕީއާރް ބަލަހައްޓާ ފަރާތްތައް އެލަރޓްވެ، ސަރުކާރު ދިފާޢުކުރުމުގެ މަސައްކަތް ފަށަން ޖެހެއެވެ. މިއީ މިހާތަނަށް ކަންވެފައި ހުރި ގޮތެވެ.

ކޯލިޝަން ޕާޓްނަރުގެ މި ވާހަކަފުޅަށް ފަހު ރައީސް މަނިކުފާނު މިހާރު ހުންނެވި ހާލަތެއް ބުނަން ނޭނގޭއިރު، ކުރިއަށް އޮތް ތާނގައި އެމަނިކުފާނުގެ ހެޔޮފުޅުކަމުން ކޯލިޝަން ޕާޓްނަރަށް ދެއްވާފައިވާ އެކިއެކި ޕްރޮޖެކްޓްތައް އަތުލައި، ގަލްފުގެ އެކުވެރިންނަށް ދޭނެ ކަމަށް ވަރަށް ބެލެވެއެވެ.

ވިސްނާ ފިކުރުކުރާ މީހުންނަށް ކޯލިޝަން ޕާޓްނަރުގެ ވާހަކަފުޅުން އިތުރު ކަމެއްވެސް ފާހަގަވާނެއެވެ. ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވާންޖެހުނު ހަޤީޤީ ސަބަބު އެމަނިކުފާނު އެ ވަނީ ހާމަކޮށްދެއްވާފައެވެ.

އަދި މީހުންނަށް އޯގާތެރިކަމާ ލޯބި އެއީ ކޯޗެއްކަން އެ ރާނީ އެބަ ދަސްކޮށްދެއްވާ. އަޅުގަނޑުމެންގެ ރާއްޖޭގަ މިހިރީ އިނގެރޭސިވިލާތުގެ ރާނީއަށް ވުރެ މާ އޯގާތެރި މާ މުހިއްމު މާ ގިނަ މަސައްކަތެއް ކޮށްދޭ ރާނީއެއް.

ކޮމަންވެލްތުން ވަކިވީ މިހެންވެއެވެ. އެއް އުރައެއްގައި ދެ ކަނޑިއަށް ނޯވެވޭ އުސޫލުން، އެއް ޤައުމެއްގައި ދެ ރާނީންނަށް ނުތިއްބެވޭނެތީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
8 ޖެނުއަރީ 2018 | ހޯމަ 13:43
ހަމީދު
ރައީސަކަށް ހުރެގެން މުހައްމަދު ނަޝީދު ދެއްކި ބޯހަމަނުޖެހޭ ވާހަކަތަކަށް ތިބޭފުޅުން ލަދުން ބޯހަލާކެއް ނުވޭތޯ؟
5 ޖެނުއަރީ 2018 | ހުކުރު 11:16
ހުސްނާ
ކިތަންމެ ސަޕޯރޓްކުރިއަސް ކިޔަންވާ އެއްޗިއްސާ ނުކިޔަންވާ އެއްޗެހި ހުންނާނެ، އަޅުގަނޑުމެންނަކަށްނޫން އެންގެނީ ސުވަރުގޭގަ ގަނޑުވަރުބިނާވެގެންވަނީ ކޮންކޮން ބަޔަކަށްކަން ، ޔަޤީންނުންވެސް ސުވަރުގެއިން ގަނޑުވަރު ލިބިވަޑައިގަންނަވާ މާތްވެގެންވާ ދެކަނބަލެއްގެ ވާހަކަ ކީރިތި ޤުރްއާންގެ ސޫރަތުއް ތަޙްރީމް ގައި އައިސްފާވޭ އެއީ ފިރްޢައުނުގެ އަބި ޢާސިޔާ އަދި ސަލާމްލެއްވި ީޢސާގެ ފާނުންގެ މައިކަނބަލުން މަރިޔަމްގެ ފާނު ، ދެންއޮތްވާހަކަ އަކީ ޞަދަޤާތަކީ ކަނާއަތުންދޭ އެއްޗެއް ވާއަތަށްވެސް ނޭންގޭހާ ސިއްރުންދިނުން ޤިޔާމަތްދުވަހުން އަރުޝީގެ ހިޔާވަހިކަންލިބިގެންވާ 7 ބައެއްގެ ވާހަކަ ވާރިދުވެގެންވޭ އޭގެތެރޭގައި ރަގަޅުގޮތުގަ ޞަދަޤާތްދޭމީހާ ހިމެނިގެންވޭ އެހެންނަމަވެސް އެއީ ކުރިން މިދެންނެގިގޮތަށް ސިއްރުންދޭ މީހާ އެއްވެސް އަމިއްލަ އެދުމެއްނެތި ތިމާގެ އަމިއްލަމުދަލުންހޭދަކުރާމީހާ ތިޔަވިދާޅުވާ ރާނީއަކު ކުރީގައިވެސް މިރާއްޖޭގަ އުޅުއްވި އެހެންނަމަވެސް އެއްވެސް ފަޤީރަކަށްއެއްޗެއް ދިއްކޮށްލެވި އަޑެއްނާހަން ދެން ނަށާފަ ޕާރޓީބާއްވާފަ ތިޔަދެއްވާ ޞަދަގާތަށް އަރަބިބަހުން ކިޔާނަމަކީ އައްރިޔާއު އޭގެމާނައަކީ ދެއްކުންތެރިކަން ދެއްކުންތެރިކަންލިބިގެންވާމީހާއަކީ ބޮޑާކަމުގެ ބައެއް މިދެބައި ލިބިގެންވާމީހާއަށް ސުވަރުގޭގެ ވަސްވެސް ނުފެނާނެކަމަށް ވޭ މޮޅަށްދެނެވޮޑިގެންވަނީ މާތްﷲ ވަﷲ އަޢުޡަމް
4 ޖެނުއަރީ 2018 | ބުރާސްފަތި 19:15
ތިމަންނަ
މިއީ ހަމަ ހަގީގަތުގައިވެސް "އުނި" ސޮރަކީއެވެ.