ރާއްޖޭގެ ހުރިހާ ސުކޫލަކަށް ހުޅުވާލައިގެން ބާއްވާ ސްކޫލްތަކުގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި އެވެ.
ކީރިތިޤުރުއާނާއި ބެހޭ ގައުމީ އިދާރާއިން ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާންގައިވާ ގޮތުން މިއަހަރު ސްކޫލްތަކުގެ ޤުރުއާން މުބާރާތް ބާއްވާނީ މި އަހަރުގެ މާޗް 24 ގަ އެވެ.
މި މުބާރާތް ބާއްވަނީ ތިން ގޮތްޕަކަށް ބަހާލައިގެންނެވެ. އެއީ ފޮތުން ކިޔެވުމާއި ހިތުން ކިޔެވުމުގެ ގޮފީގެ އިތުރުން ހާފިޘުންގެ ގޮތްޕެވެ.
ޤުރުއާނާ ބެހޭ މަރުކަޒުން ބުނެފައި ވަނީ މި މުބާރާތުގައި ބައިވެރިވެވޭނީ އެ މަރުކަޒުން ތައްޔާރުކޮށްފައިވާ ފޯމާއި ލިސްޓްފުރާ ފަރާތްތަކުގެ ތެރެއިން އެ މަރުކަޒުން ބައިވެރިވޭނެ ކަމަށް ކަނޑައަޅާ ބައިވެރިންނަށެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފެބްރުއަރީ 24 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށް ޤުރުއާނާ ބެހޭ މަރުކަޒުން އިއުލާން ކުރަން ޖެހެ އެވެ.
މި މުބާރާތުގައި ފޮތުން ކިޔެވުމުގެ ގޮފީގެ ކޮންމެ ބަޔަކުން ވެސް އެންމެ މޮޅު ތިން ބައިވެރިން ހޮވާއިރު މުބާރާތުގައި ހިތުން ކިޔެވުމުގެ ގޮފިންވެސް ކޮންމެ ބަޔަކުން އެންމެ މޮޅު ތިން ބައިވެރިން ހޮވުމަށް ވަނީ ހަމަ ޖެހިފަ އެވެ. އަދި މުބާރާތުގައި ހިތުން ކިޔެވުމުގެ ގޮފިން ވެސް އެންމެ މޮޅު ތިން ދަރިންވަރުނާއި ހާފިޘުންގެ ބައިންވެސް އެންމެ މޮޅު ތިން ދަރިވަރުން ހޮވާނެ ކަމަށް ޤުރުއާނާ ބެހޭ މަރުކަޒުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިންނާއި ފޮތުން ކިޔެވުމުގެ ގޮފިން އެންމެ މޮޅު ތިން ސުކޫލުވެސް ހޮވާނެ ކަމަށް އިއުލާންކޮށްފައިވެ އެވެ.