ކ. މާލެ
|
4 ޖެނުއަރީ 2018 | ބުރާސްފަތި 11:52
ކިމް ކާޑޭޝިއަން
ކިމް ކާޑޭޝިއަން
ގޫގުލް
ކިމް ކާޑޭޝިއަން
ކިމް ކާޑޭޝިއަން ދެން އަގުބޮޑު ގަހަނާތަކެއް ގޭގައި ނުބަހައްޓާނެ
ކިމް އާއި އޭނާގެ ފިރިމީހާ ކާންޔޭ ވެސްޓް ވަނީ މިދިޔަ އަހަރު އާގެއެއް ގަނެފައި
އެގޭގައި އަބަދުވެސް ސެކިއުރިޓީ ބަލަހައްޓަން މީހުން ތިބޭ
ގަހަނާތައް ބަހައްޓަން ބޭނުން ނުވަނީ 2016 ވަނަ އަހަރު ޕެރިހުގައި ހިނގައިދިޔަ ފޭރުމުގެ ހާދިސާ އަށް ފަހު

ރިއަލިޓީ ސްޓާ ކިމް ކާޑޭޝިއަން އޭނާގެ އަގުބޮޑު ގަހަނާތައް ދެން ގޭގައި ނުބަހައްޓާނެއެވެ.

ކިމް އާއި އޭނާގެ ފިރިމީހާ ކާންޔޭ ވެސްޓް އާ ގެއެއް 20 މިލިއަން ޑޮލަރަށް ލޮސް އެންޖަލްސްގެ ހިޑެން ހިލްސް އިން ގަނެފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެގޭގައި ކިމް އޭނާގެ އަގުބޮޑު ގަހަނާތައް ބަހައްޓަން ބޭނުން ނުވަނީ 2016 ވަނަ އަހަރު ޕެރިސްގައި ހިނގައިދިޔަ ފޭރުމުގެ ހާދިސާއަށް ފަހުގައެވެ.

ޕެރިހުގެ ލަގްޒަރީ ހޮޓަލެއްގައި ބަޑިން ބިރު ދައްކައިގެން ކިމްގެ އަތުން ފޭރިގަތް ތަކެތީގެ އަގު 11.2 މިލިއަން ޑޮލަރަށް އަރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި ހަތަރު މިލިއަން ޔޫރޯގެ އަގު ބޮޑު (އޭނާގެ އެންގޭޖްމެންޓް) އަނގޮޓިއެއް ވެސް ހިމެނެއެވެ. ފުލުހުން ބުނެފައި ވަނީ ކިމްގެ ކޮޓަރިން 6.7 މިލިއަން ޑޮލަރުގެ އަގު ހުރި ގަހަނާ ފޮއްޓެއް ވެސް ވަގަށް ނަގާފައި ވާކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ފޭރުމުގެ ހާދިސާއަށް ފަހު ކިމް ވަނީ އޭނާގެ ގޭގައި އަގުބޮޑެތި ގަހަނާތައް ނުބަހައްޓަން ނިންމާފައެވެ. އޭނާ ބޭނުން ވަނީ ރައްކާތެރިކަމާއެކު އެ އެއްޗެހި ބެހެއްޓޭނެ ތަނެއްގައި ބަހައްޓަން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ކިމް މިހާރު ގަހަނާތައް ބަހައްޓާފައި ވަނީ އޭނާއަށް އިތުބާރުކުރެވޭ ރައްކާތެރި ތަނެއްގައި ކަމަށް ބުނެފައިވާ ކަމަށް ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

ސެލެބްރިޓީންގެ ޚަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ ޓީއެމްޒެޑް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކިމް އާއި ކާންޔޭގެ އާގޭގައި އަބަދު ވެސް ސެކިއުރިޓީ ގާޑުން ތިބެއެވެ.

- ކޮމެންޓް