ކ. މާލެ
|
4 ޖެނުއަރީ 2018 | ބުރާސްފަތި 11:25
ޓައިގާ ޒިންދާހޭގެ ޕޯސްޓަރ
ޓައިގާ ޒިންދާހޭގެ ޕޯސްޓަރ
އިންޑިއަން އެކްސްޕްރެސް
ޓައިގާ ޒިންދާހޭ
ޓައިގާ ޒިންދާހޭ: އަދިވެސް ލިބޭ ކާމިޔާބު އިތުރު
ތޭރަ ދުވަހުން އެފިލްމަށް ލިބިފައި ވަނީ 280 ކުރޯޑް އިންޑިއަން ރުޕީސް
"ޓައިގާ ޒިންދާހޭ"އަކީ 2012 ގައި ސަލްމާނާއި ކެޓްރީނާ ކުޅުނު ފިލްމް "އޭކް ތަ ޓައިގާ" ގެ ދެވަނަ ބައި

ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ސިނަމާތަކަށް "ޓައިގާ ޒިންދާހޭ" ސިނަމާތަކަށް އައިތާ މިވީ 13 ވަރަކަށް ދުވަހެވެ.

އެ ފިލްމަށް އެއްދުވަހުން އަނެއް ދުވަހަށް ލިބޭ އާމްދަނީ އަންނަނީ މިހާރު ވެސް އިތުރުވަމުންނެވެ. ތޭރަ ދުވަހުން އެފިލްމަށް ލިބިފައި ވަނީ 280 ކުރޯޑް އިންޑިއަން ރުޕީސްއެވެ.

ސަލްމާން ޚާނާއި ކެޓްރީނާ ކައިފް ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ މިދިޔަ އަހަރު ނިކުތް ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމުގެ ގޮތުގައި ގަބޫލުކުރާ އެއް ފިލްމެވެ. މިފިލްމަށް ކުރިއަށް އޮތްތަނުގައި ވެސް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ޓައިގާ ޒިންދާހޭ އަށް ލިބެމުންދާ ކާމިޔާބީއާ ގުޅިގެން ސަލްމާން ޚާން ވަނީ ކެޓްރީނާ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ސަލްމާން ބުނެފައި ވަނީ "ޓައިގާ ޒިންދާހޭ" ގައި ކެޓްރީނާ ދެއްކި މޮޅު ހުނަރަށް މަރުހަބާ ކިޔާ ކަމަށާއި އޯޑިއެންސް "ޓައިގާ ޒިންދާހޭ" ބަލައިގެންފައިވާ ކަމަށެވެ.

އެކަމަށްޓަކައި އޭނާއަށް ތާއީދުކުރާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށް ސަލްމާން ބުންޏެވެ. ސަލްމާން ބުނީ "ޓައިގާ ޒިންދާހޭ" އަކީ ވަރަށް ޗެލެންޖިން ފިލްމެއް ކަމަށެވެ. ފިންޏާއި ހޫނަށް ބެލުމެއް ނެތި "ޓައިގާ ޒިންދާހޭ"ގެ ޓީމުން ކުރި މަސައްކަތް ވަރަށް ފުރިހަމަ ކަމަށާއި އޯޑިއެންސް އެ ފިލްމު ބަލައިގަތުމުން ޝުކުރު އަދާކުރާ ކަމަށެވެ.

"ޓައިގާ ޒިންދާހޭ" އަކީ 2012 ގައި ސަލްމާނާއި ކެޓްރީނާ ކުޅުނު ފިލްމް "އޭކް ތަ ޓައިގާ" ގެ ދެވަނަ ބައެވެ. އެ ފިލްމް ޑައިރެކްޓްކޮށްފައި ވަނީ ކަބީރް ޚާނެވެ. އެ ފިލްމަށް ވަނީ 325 ކުރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ. އެ ފިލްމަށް 75 ކުރޯޑް ރުޕީސް ހަރަދުކޮށްފައި ވެއެވެ.

ސަލްމާން ހާން މި ފިލްމުގައި ފެންނަނީ ކުރީގެ ފިލްމުގައި ވެސް ފެނިގެން ދިޔަ އިންޑިއާގެ ޖާސޫސީ އިދާރާ ކަމަށްވާ ރޯގައި މަސައްކަތްކުރާ އެޖެންޓެއްގެ ގޮތުގައެވެ. އަދި ކެޓްރީނާ ފެނިގެން ދާނީ ޕާކިސްތާނުގެ ޖާސޫސީ އިދާރާގައި މަސައްކަތްކުރާ ސްޕައި އެޖެންޓެއްގެ ރޯލުންނެވެ. މި ފިލްމަކީ ޔާޝް ރާޖް ފިލްމް (ވައިއާރްއެފް) އިން އުފައްދާފައިވާ ފިލްމެކެވެ.

- ކޮމެންޓް