ކ. މާލެ
|
4 ޖެނުއަރީ 2018 | ބުރާސްފަތި 08:19
ދެ ކޮރެއާ ގުޅުމަށް ޕޭންމުންޖޮމްގައި ގާއިމް ކޮށްފައިވާ ހޮޓްލައިން
ދެ ކޮރެއާ ގުޅުމަށް ޕޭންމުންޖޮމްގައި ގާއިމް ކޮށްފައިވާ ހޮޓްލައިން
އީޕީއޭ
ދެ ކޮރެއާގެ ކޯޅުން
އުތުރު ކޮރެއާ އިން ދެކުނު ކޮރެއާ ގުޅޭ ހޮޓްލައިން އަނެެއްކާ ވެސް ބޭނުންކުރަން ފަށައިފި
ހޮޓްލައިން އަލުން ހުޅުވާލުމަށް ނިންމިކަން އުތުރު ކޮރެއާ އިން ހާމަކުރީ ޓީވީ މެދުވެރިކޮށް
ދެކުނު ކޮރެއާ އިން ވަނީ ބުދަ ދުވަހު އެ ގައުމުގެ ގަޑިން 15:30 ގައި ކޯލެއް އައިސްފައިވާކަން ކަށަވަރުކޮށްދީފައި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އަމުރަށް، ކަނޑާލާފައި އޮތް، ދެ ކޮރެއާ ދެމެދު ބޭނުންކުރާ ހޮޓްލައިން އުތުރުކޮރެއާ އިން އަނެއްކާ ވެސް ބޭނުންކުރަން ފަށައިފިއެވެ.

ދެކުނު ކޮރެއާ އިން ވަނީ ބުދަ ދުވަހު އެ ގައުމުގެ ގަޑިން 15:30 ގައި ކޯލެއް އައިސްފައިވާކަން ކަށަވަރުކޮށްދީފައެވެ.

އޭގެ ކުރިން އާ އަހަރު ފެށުމާ ގުޅިގެން އުތުރު ކޮރެއާގެ ލީޑަރު ދެއްވި މެސެޖުގައި ވެސް ވަނީ ދެކުނު ކޮރެއާއާ އެކު މަޝްވަރާކުރުމަށް ތައްޔާރަށް ހުންނެވި ކަމަށާއި އަދި އަންނަ މަހު ދެކުނު ކޮރެއާގައި ބާއްވާ ވިންޓަރ އޮލިމްޕިކްސް އަށް ޓީމެއް ފޮނުއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ދެ ގައުމުގެ އިސް ވެރިންގެ ވާހަކަތަކެއް 2015 ވަނަ އަހަރުގެ ފަހުން ބާއްވާފައެއް ނުވެއެވެ.

ދެކުނު ކޮރެއާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އުތުރު ކޮރެއާ އިން އެގައުމާ މުއާސަލާތު ކުރެވޭނެ ދޮރުތައް ބަންދުކުރީ ދެކުނު ކޮރެއާގެ ކޯލަކަށް ޖަވާބުދިނުމަށް އިންކާރުކު ކުރުމަށް ފަހުއެވެ.

ހޮޓްލައިން އަލުން ހުޅުވާލުމަށް ނިންމިކަން އުތުރު ކޮރެއާ އިން ހާމަކުރީ ޓީވީ މެދުވެރިކޮށް ގެނެސްދިން ބަޔާނެއްގައެވެ.

ދެކުނު ކޮރެއާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ފުރަތަމަ ކޮށްފައިވާ ކޯލަކީ ޗެކް ކޮށްލުމަށް ކޮށްފައިވާ ކޯލެކެވެ

އުތުރު ކޮރެއާ އިން ބުނާ ގޮތުގައި އެގައުމުން އެ ނިންމުން ނިންމުމުގެ ބޭނުމަކީ ވިންޓަރ އޮލިމްޕިކްސްއަށް ޓީމެއް ފޮނުވުމަށް އަމަލީ ގޮތުން ކުރަންޖެހޭ ކަންކަމާ މެދު  މަޝްވަރާކުރުމެވެ.

އުތުރު ކޮރެއާގެ ނިންމުމަށް ދެކުނު ކޮރެއާ އިން ވަނީ މަރުހަބާ ކިޔާފައެވެ. އެ ގައުމުގެ ރައީސް މޫން ޖައި އިންގެ ތަރުޖަމާނު ވިދާޅުވީ މުއާސަލާތު ކުރެވޭނެ ގޮތް އިއާދު ކުރުމަކީ ފާހަގަކޮށްލެވޭ ފަދަ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން "ހުރިހާ ވަގުތަކު ވެސް މުއާސަލާތު ކުރެވޭނެ މާހައުލެއް ގާއިމްވެގެންދާނެ" ކަމަށެވެ

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް