ދިވެހި ރާއްޖޭގެ އެންމެ ބިން ބޮޑު ރަށްތަކަށްވާ ލ. ގަމުން ޕެޓްރޯލް އަދި ޑީސަލް ހުސްވެއްޖެއެވެ.
އާބާދީގައި 5،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ލ. ގަމަށް ޕެޓްރޯލް އަދި ޑީސަލްގެ ޙިދުމަތް ފޯރުކޮށްދެނީ ގްރައިވިޓީ މޯލްޑިވިސް އިނެވެ. ގަމުގެ ތިން އަވަށު އެ ކުންފުނީ އެންމެ ޕެޓްރޯލް ސްޓޭޝަނެން ހުންނަ އިރު، ގަމުން ޕެޓްރޯލް އަދި ޑީސަލް ހުސްވެފައި ވަނީ މީގެ ތިން ދުވަސް ކުރިނެވެ.
މި ކަމާ ގުޅިގެން ގަމުގެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ގްރައިވިޓީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ގަމުން ވާހަކަ ދެއްކި މީހަކު ބުނީ ގަމުން ޕެޓްރޯލް އަދި ޑީސަލް ހުސްވުމުން ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެހެންކަމުން ޕެޓްރޯލް އަދި ޑީސަލް ހޯދުމަށް ފޮނަދޫއަށް ދާންޖެހޭ ކަމަށެވެ. އަދި ބައެއް މީހުން ލ. އަތޮޅުގެ ބައެއް ރަށްތަކުން ޕެޓްރޯލް އަދި ޑީސަލް ގެނެސްގެން ބޭނުންކުރަމުންދާ ކަމަށް ގަމުން ވަހަކަ ދެއްކި މީހާ ބުންޏެއެވެ.