ގދ. ގައްދޫގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނިފައި ވަނީ 83 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 13:35 ހާއިރު ކަމަށާއި އޭނާ ފުލުހުންގެ އިދާރާއަށް ގެނދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެމީހާ މަރުވި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.