ބޮލީވުޑްގެ ތަރި ވަރުން ދާވަން ރާއްޖެ އައިސްފައިވަނީ އާ އަހަރު ފާހަގަ ކުރުމަށެވެ.
އޭނާ ޗުއްޓީ ހޭދަކުރަމުން ދަނީ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ޑަބްލިޔު މޯލްޑިވްސްގައެވެ. ރާއްޖެއައިސް ވަރުން އިންސްޓަގްރާމަށް ލާފައިވާ ފޮޓޯތަކުން ފެންނަނީ އަބަދުވެސް މޫދު ކައިރީގައި ހުއްޓިލައިގެން ހުންނަ ފޮޓޯތަކެވެ.
އެންމެ ފަހުން އޭނާ އިންސްޓަގްރާމަށް ލާފައިވާ ފޮޓޯގައިގައި ވެސް ފެންނަނީ މޫދުކައިރީގައި ހުއްޓިލައިގެން ހުއްޓައެވެ. .އޭނާ އިންސްޓަގްރާމަށް ލާފައިވާ ފޮޓޯތަކުގެ ތެރެއިން ފޮޓޯއެއްގެ ކެޕްޝަނުގައި ޖަހާފައިވަނީ އޭނާ މިހާރު އުޅެމުންދަނީ އެހެން ދުނިޔެއެއްގައި ކަމަށެވެ.
މީގެ ކުރިން ވެސް ވަރުން ވަނީ ރާއްޖެ އައިސްފައެވެ. އޭނާ އެންމެ ފަހުން ރާއްޖެ އައިސްފައިވަނީ އޭނާގެ ލޯބިވެރިޔާ ނަތާޝާ އާއި އެކީގައެވެ.
ވަރުން އެނބުރި އިންޑިއާއަށް ދާނެ ދުވަހެއް ނޭނގޭއިރު އޭނާ މިފަހަރު ޗުއްޓީ ހޭދަ ކުރުމަށް އައީ އެކަނި ކަމެއް ނުވަތަ ނޫން ކަމެއް ވަނީ ސާފުވާ ގޮތް ނުވެފައެވެ.
ވަރުންގެ އިތުރުން ބޮލީވުޑްގެ ބައެއް ފަންނާނުން ވެސް ވަނީ މިފަހަރުގެ އާ އަހަރު ފާހަގަ ކުރުމަށް ރާއްޖެ އައިސްފައެވެ. އޭގެ ތެރޭގައި ޓައިގާ ޝްރޮފްއާއި އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ދިޝާ ޕަޓާނީ ވަނީ ރާއްޖެއައިސްފައެވެ. އެދެމީހުން ވެސް ވަނީ ރާއްޖޭގައި ތިއްބާ ނަގާފައިވާ ފޮޓޯތައް އިންސްޓަގްރާމަށް ލާފައެވެ. އެހެން ނަމަވެސް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ އެދެމީހުން ޗުއްޓީ ހޭދަކުރަމުން ދަނީ ސްރީލަންކާގައެވެ. ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ޓައިގާއާ އޭނާގެ ލޯބިވެރިޔާ ޗުއްޓީ ހޭދަކުރަމުންދަނީ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ކޮންރެޑް މޯލްޑިވެސްގައެވެ.