ވަރުން ދާވަންގެ 2017 ވަނަ އަހަރު ނިކުމެފައިވާ ފިލްމުތަކަކީ ކާބިޔާބު ފިލްމުތަކެވެ.
މިދިޔަ އަހަރު ނިކުމެފައިވާ އޭނާގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޖުޅްވާ2 އަދި ބަންޑްރިނާތު ކީ ދުލްހަނިޔާ ވެގެންދިޔައީ ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު ފިލްމުތަކަށެވެ. އޭނާގެ ކާމިޔާބީތަކާއި ގުޅިގެން ވާހަކަ ދައްކަމުން ވަރުން ބުނެފައިވަނީ އޭނާގެ އެންމެ ކާމިޔާބު އަހަރަކީ މިދިޔަ އަހަރު ކަމަށެވެ. މިއަހަރަށް ނިކުންނަން ހުރި ފިލްމުތަކުގެ ވާހަކަ ދައްކަމުން ވަރުން ބުނީ އޭނާ ދަނީ ފަހަން ދަސްކުރަމުން ކަމަށާއި އެއީ އޭނާގެ ފިލްމު އަނުޝްކާ ޝަރްމާއާއިއެކު ކުޅޭ"ސުއީ ދާގާ؛ މޭޑް އިން އިންޑިއާ" އަށް ތައްޔާރު ވުމަށް ކަމަށެވެ. އެ ފިލްމުގެ ޝޫޓިން މިމަހުގެ ތެރޭގައި ފަށާއިރު މި ފިލްމަކީ ހުރިހާގޮތަކުން ވެސް ތަފާތު ފިލްމަކަށް ވާނެ ކަމަށް ވަރުން ބުންޏެވެ.
މި ފިލްމަކީ އިންޑިއާގެ ކޮޓެޖް އިންޑަސްޓްރީގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. މި ފިލްމަކީ އިންޑިއާގެ ބައްޕަ "މަހާތުމާ ގާންދީ"އަށް ހާއްސަކޮށްގެން އުފައްދާ ފިލްމެކެވެ.
ވަރުން ދަވަން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ޖުޅްވާ2"އިންނެވެ. އެ ފިލްމުގައި ވަރުންއާއި އެކީގައި ފެނިގެން ގޮސްފައިވަނީ ޖެކޮލިން ފެނާންޑޭޒްއެވެ. އޭނާ ވަނީ "އޮކްޓޯބަރ" ގެ ޝޫޓިން މިހާރު ނިންމާލާފައެވެ. އޮކްޓޯބަރ ސިނަމާތަކަށް އަންނާނީ އަންނަ އެޕްރީލްގައެވެ.