ކ. މާލެ
|
2 ޖެނުއަރީ 2018 | އަންގާރަ 11:21
ވަރުން ދާވަން
ވަރުން ދާވަން
ވަރުން ދާވަން
ވަރުން ދާވަން ކައިވެނި ކުރަނީ؟
އެންމެ ފަހުން ވަރުން ޝޫޓްކޮށް ނިންމާފައިވާ ފިލްމަކީ ޑައިރެކްޓަރ ޝޫޖިތު ސިރްކާރްގެ "އޮކްޓޯބަރ"

ބޮލީވުޑްގެ ތަރި ވަރުން ދާވަން ކައިވެނިކުރަން އުޅޭ ޚަބަރުތައް ފެތުރެން ފަށައިފިއެވެ.

ވަރުން އިންޑިއާގެ ނޫހެއް ކަމަށްވާ ބޮމްބޭ ޓައިމްސް އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ ކައިވެނި ކުރަން ބޭނުންވާ ކަމަށާއި އެހެން ނަމަވެސް އޭނާގެ އާއިލާއިން އެކަމާއިމެދު ބުނާނީ ކީކޭ ކަމެއް ނޭނގޭ ކަމަށެވެ. އޭނާ އަކީ ޕަންޖާބީއެއް ކަމަށްވުމުން އެކަން އޭނާގެ އާއިލާއިން ބޭނުން ވާނީ އެމީހުންގެ ސަގާފަތާއި އެއްކޮށް ކުރުމަށް ކަމަށް ވަރުން ބުނެފައިވެއެވެ. ވަރުން ބުނީ އޭނާ އާގެއަކަށް ބަދަލުވީ ވެސް އޭނާ އެކަނި އުޅެން ބޭނުންވާތީ ކަމަށާއި އިތުރު ކަމަކައިގެން އޭނާ އުޅޭނީ މަޖާކުރުމަށް ފަހުގައި ކަމަށެވެ.

ވަރުން ވަނީ އާ އަހަރު ފާހަގަ ކުރުމަށް ރާއްޖެ އައިސްފައެވެ. ޚަބަރުތައް ބުނާ ގޮތުގައި އޭނާ ރާއްޖެ އައީ އަޑުތައް ފެތުރިފައިވާ ލޯބިވެރިޔާ ނަތާޗާ ދަލާލާއި އެކީގައެވެ.

އެންމެ ފަހުން ވަރުން ޝޫޓްކޮށް ނިންމާފައިވާ ފިލްމަކީ ޑައިރެކްޓަރ ޝޫޖިތު ސިރްކާރްގެ "އޮކްޓޯބަރ" އެވެ. މި ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުއެވެ.

ވަރުން މިހާރު ޝޫޓް ކުރުމަށް ތައްޔާރުވަމުން ދަނީ އަނުޝްކާ ޝަރްމާއާއިއެކު ކުޅޭ ފިލްމް "ސުއީ ދާގާ؛ މޭޑް އިން އިންޑިއާ" އެވެ. ފިލްމްގެ ޝޫޓިން އަންނަ ޖަނަވަރީ މަހު ފަށާއިރު ވަރުން ވަނީ މި ފިލްމަށް ތައްޔާރުވުމަށް ފަހަން ދަސްކުރަން ފަށާފައެވެ. ކަރަންގެ އިންސްޓަގްރާމުގައި އޭނާ ފަހާ ފޮއްޓެއް ކައިރީ އިންނަ ފޮޓޯއެއް ވަނީ އާންމު ކޮށްފައެވެ. މި ފިލްމުގައި ވަރުން ދަވަން ފެނިގެންދާނީ ފަހާ މީހެއްގެ ރޯލުންނެވެ. މި ފިލްމަކީ އިންޑިއާގެ ކޮޓެޖް އިންޑަސްޓްރީގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ.

- ކޮމެންޓް