ޝާހިދު ކަޕޫރުގެ އާ ފިލުމް ބައްޓީ ގުލް މީޓާ ޗަލޫގައި އޭނާއާއެކު ފެނިގެން ދާނީ ޝްރައްދާ ކަޕޫރު ކަމަށް ޚަބަރުތައް ބުނެފިއެވެ.
ބައްޓީ ގުލް މީޓާ ޗާލޫގައި ޝާހިދާއެކީ ފެނިގެންދާނެކަމަށް ބުނާ އަންހެން ބަތަލާއިންގެ ނަންތައް މީގެ ކުރިންވެސް ވަނީ ނޫސްތަކަށް އަރާފައެވެ.
ލީޑިން ޑެއިލީގައި ބުނެފައި ވަނީ ޝާހިދުއާއެކީގައި މި ފިލްމުން ފެނިގެންދާނީ ޝްރައްދާ ކަޕޫރު ކަމަށާއި އޭނާ މި ފިލްމުން ފެނިގެންދާނީ ގާނޫނީ ވަކީލެއްގެގޮތުގައި ކަމަށެވެ.
އެ ނޫހުގައި ބުނެފައިވަނީ ކެޓްރީނާ އެ ފިލްމަށް ނޫނެކޭ ބުނެފައިވަނީ އޭނާ އުޅޭ ބިޒީ ޝެޑިއުލްގެ ސަބަބުން ކަމަށެވެ. އަދި މި ފިލްމުގައި ޝްރައްދާ ކުޅޭ ރޯލަށް އޭނާ ފިޓް ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށް އެނޫހުގައި ވަނީ ބުނެފައެވެ.
ބައްޓީ ގުލް މީޓާ ޗަލޫގެ ޑައިރެކްޓަރ ޝްރީ ނަރަޔަން ސިންގް މީގެ ކުރިން ބުނެފައިވަނީ ޝާހިދު ކަޕޫރަކީ މި ފިލްމަށް އެންމެ އެކަށީގެންވާ މީހާކަމަށާއި އޭނާއާއި ބައްދަލުވެ މި ފިލްމަށް އެކްޓު ކުރުމަށް ހުށައެޅުމުން އޭނާ އާނއެކޭ ބުނީ ފަސްމިނިޓްތެރޭގައި ކަމަށެވެ. އަދި ޝާހިދު މި ފިލްމުން ފެނިގެންދާނީ ލޯޔަރެއްގެ ގޮތުގައި ކަމަށް ޝްރީ ވަނީ ބުނެފައެވެ.
ޝްރީ ބުނީ މި ފިލްމުގެ ކޮންސެޕްޓުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި މިއަހަރުގެ އޮގަސްޓު މަހުގެ 31 ގައި ފިލްމު ރިލީޒްކުރަން ނިންމާފައިވާކަމަށް އޭނާ ބުންޏެވެ.
ޝްރައްދާ މިހާރު ކުރަމުންދާ މަސައްކަތަކީ ތަމަޅަ ފިލްމެއްކަމަށްވާ ސާހޯގެ މަސައްކަތެވެ.