ކ. މާލެ
|
1 ޖެނުއަރީ 2018 | ހޯމަ 18:42
ދެކުނު ކޮރެއާއާ އެކު މަޝްވަރާއަށް ތައްޔާރު ކަމަށް ކިމް ވިދާޅުވި
ދެކުނު ކޮރެއާއާ އެކު މަޝްވަރާއަށް ތައްޔާރު ކަމަށް ކިމް ވިދާޅުވި
ގޫގުލް
އުތުރު ކޮރެއާ
ކިމް ޖޮން އުންގެ އާ އަހަރުގެ މެސެޖް: އިންޒާރަކާއި ޒައިތޫނި ފަތްކޯޅިއެއް
ދެކުނު ކޮރެއާއާ އެކު މަޝްވަރާއަށް ތައްޔާރުކަމަށް ކިމް ވިދާޅުވި
އެމެރިކާއަށް ދެއްކެވީ ބިރެއް ނޫން ކަމާއި އެއީ ހަގީގަތެއް ކަމަށް ކިމް ވިދާޅުވި

ނިއުކްލިއަރ މިސައިލް ހަމަލާ ދިނުމަށް ފިއްތާލާ ބަޓަން ވެސް މޭޒުކޮޅުގެ މަތީގައި އަބަދުވެސް އޮންނަނީ ތައްޔާރަށް ކަމަށާއި އެމެރިކާއަށް ހަނގުރާމަ ނުފެށޭނެ ކަމަށް ވިދާޅުވެ އުތުރު ކޮރެއާގެ ލީޑަރު އިންޒާރު ދެއްވައިފިއެވެ.

ޓީވީ މެދުވެރިކޮށް ދެއްވި އާއަހަރުގެ ތަގުރީރުގައި ކިމް ޖޮން އުން ވިދާޅުވީ އެމެރިކާ އޮތީ އުތުރު ކޮރެއާގެ ނިއުކްލިއަރ ހަތިޔާރުތައް ފޯރާނެ ސަރަހައްދެއްގައި ކަމަށެވެ. އަދި ވިދާޅުވީ "މިއީ ހަގީގަތް" ކަމަށާއި "ބިރުދެއްކުމެއް ނޫން،" ކަމަށެވެ.

މީގެ އިތުރުން ކިމް ވަނީ "މަޝްވަރާއަށް ތައްޔާރު" ކަމަށް ވިދާޅުވެ، ދެކުނު ކޮރެއާއަށް ޒައިތޫނި ފަތްކޯޅިއެއް ދިއްކޮށްލައްވާފައެވެ. އަދި ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި އޮންނަ ފިނި މޫސުމުގެ އޮލިމްޕިކްސްއަށް ޓީމެއް ފޮނުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމްގެ ވާހަކަތަކަށް ދެއްވާނެ ރައްދަކީ ކޮބައިތޯ ނޫސްވެރިޔަކު ސުވާލު ދެންނެވުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، "އަޅުގަނޑުމެން ބަލާނަން" ކަމަށެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ ފްލޮރިޑާގައި އޮންނަ ޓްރަމްޕްގެ އަމިއްލަފުޅު ރިޒޯޓްގައި އާއަހަރު ފާހަގަކުރެއްވުގެ ތެރެއިން ނެންގެވި ވަގުތު ކޮޅެއްގައެވެ.

ނިއުކްލިއަރ ހަތިޔާރު އުފެއްދުމާއި ތަކުރާރުކޮށް މިސައިލް ޓެސްޓްތައް ކުރުމާ އެކު އުތުރު ކޮރެއާއަށް ފާއިތުވި އަހަރު ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކާއި ދުނިޔޭގެ ގައުމުތަކުގެ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ސިޔާސީ ގޮތުން އެކަހެރިވެގެން އުޅެމުންދާ އުތުރު ކޮރެއާއިން ވޭތުވެދިޔަ އަހަރު ވަނީ ގޮތް ނޭނގޭ 6 ނިއުކްލިއަރ ޓެސްޓެއް ކޮށް، މިސައިލްތަކުގެ ބާރުގަދަ ކުރަމުންދާކަން ދައްކާފައެވެ.

       

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް