ކ. މާލެ
|
1 ޖެނުއަރީ 2018 | ހޯމަ 10:37
ހުކުމް އިއްވިތާ ސިކުންތު ކޮޅަކަށް ފަހު ޕްރަޖަކްވަނީ ޒަހަރު ބޮއެފައި
ހުކުމް އިއްވިތާ ސިކުންތު ކޮޅަކަށް ފަހު ޕްރަޖަކްވަނީ ޒަހަރު ބޮއެފައި
އަލްޖަޒީރާ
ބޮސްނިއާ ހަނގުރާމަ
މުޖުރިމު ޕްރަޖަކް ޒަހަރު ބުއިމަކީ ކޯޓަށް ހުއްޓުވޭނެކަމެއް ނޫން: ފަނޑިޔާރު
ހުކުމް އިއްވިތާ ސިކުންތު ކޮޅަކަށްފަހު ޕްރަޖަކްވަނީ ޒަހަރު ބޮއެފައި
ފަނޑިޔާރު ވިދާޅުވީ ޚާއްސަ އިންޓެލިޖެންސް މައުލޫމާތެއް ނުލިބި އެފަދަ ޒަހަރެއް ގެންގުޅޭކަން ނޭނގޭނެކަމަށް

ދަ ހޭގްގައި ހުންނަ އދގެ އިންސާނީ ހައްގުތަކާބެހޭ ކޯޓްގައި ހުރެ ހަނގުރާމައިގެ ޖަރީމާ ހަނގުރާމައިގެ މުޖުރިމަކު ޒަހަރު ބޮއެ އަމިއްލައަށް މަރުވުމަކީ އެ ކޯޓަށް ހުއްޓުވޭނެ ކަމެއް ނޫން ކަމަށް އެ ކޯޓުން ބުނެފިއެވެ.

ގެމްބިއާގެ ފަނޑިޔާރު ހަސަން ޔާލޯ ވިދާޅުވީ ޚާއްސަ އިންޓެލިޖެންސް މައުލޫމާތެއް ނުލިބި އެފަދަ ޒަހަރެއް ގެންގުޅޭކަން ނޭނގޭނެ ކަމަށެވެ.

ކުރީގެ ޔޫގޯސްލާވިއާގެ ވެރިން ހިންގާފައިވާ ޖަރީމާތަކުގެ ޝަރީޢަތްތައް ކުރާ އދގެ ޓްރަބިއުނަލްގެ އަޑު އެހުމެއްގައި ހުރެ ކްރޮއޭޝިއާގެ ކުރީގެ އަސްކަރީ ކޮމާންޑަރު ސްލޮބޮޑާން ޕްރަޖަކް ޒަހަރު ބޮއެގެން މަރުވެފައެވެ.

ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ އދގެ ކޯޓުގައި ޝަރީޢަތް ކުރިއަށް ދަނިކޮށް ތިމަންނަ "މި ބޮނީ ޒަހަރޭ" ބުނެ އަމިއްލައަށް ޒަހަރު ބޮއެގެން މަރުވި ޕްރަޖަކްއަކީ ބޮސްނިއާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް ޤަތުލު އާއްމު ހިންގި ކްރޮއޭޝިއާގެ އަސްކަރިއްޔާގެ އެންމެ އިސް އެއް ކޮމާންޑަރެވެ. ޒަހަރު ބުއިމަށް ފަހު ގޮނޑި މައްޗަށް ވެއްޓި އޮވެ އޭނާ ބުނީ އޭނާއަކީ ހަނގުރާމައިގެ ޖަރީމާ ހިންގި ކުށްވެރިއެއް ނޫން ކަމަށެވެ.

ހޮލެންޑްގެ ފުލުހުން ގެންދަނީ އެކަމުގައި އެއްވެސް ޖަރީމާއެއް އެކުލެވިގެންވޭތޯ ބަލަމުންނެވެ.

ޕްރަޖަކްގެ މަރުގެ މައްސަލަ ތަހުގީގު ކުރަން އެކުލަވާލި ޓްރައިބިއުނަލްގެ ފަނޑިޔާރު ޔާލޯ ވިދާޅުވީ ޖަރީމާ ހިންގާފައިވާކަން ސާބިތުވެފައިވާ މީހާގެ އަތަށް ޕޮޓޭސިއަމް ސައިނައިޑް ލިބުނު ގޮތަކާއި ލިބުނު އިރެއް ސާފު ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އދގެ މުވައްޒަފަކަށް އެ މައުލޫމާތު ލިބުން ނަމަވެސް 200 ނުވަތަ 300 ގްރާމުގެ ކުނޑިކޮޅެއް ނުވަތަ ބޭސް ގުޅައެއް، ގައިދީންނާއި ގޮޅިއާއި އަދި ސަރަހައްދު ބެލި ނަމަވެސް ފަސޭހައިން ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ފަނޑިޔާރު ވިދާޅުވީ އެތެރެއަށް ވަންނަ ފަރާތްތައް ބަލާފާސްކުރުމުގައި ކަނޑައެޅިފައިވާ މިންގަޑުތަކުގެ ސަބަބުންނާއި ސްޓާފުންނަށް ލިބިފައިވާ ވަސީލަތްތަކާއެކު ޒަހަރެއްކަން ދެނެގަތުމަކީ ދަތިކަމަކަށް ވާނެ ކަމަށެވެ.

އޭނާވަނީ ބަލާ ފާސްކުރުމުގައި އަމަލުކުރާނެ ގޮތުގެ ރެކޮމެންޑޭޝަންތަކެއް ދެއްވައި އަދި ކޯޓުގެ ހުކުމް ބްރޯޑްކާސްޓް ކުރުމުގައި 30 މިނިޓްގެ ޑިލޭއެއް ގެންގުޅުމަށް ލަފާ ދެއްވާފައެވެ.

ޕްރަޖަކްގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ނޮވެމްބަރު މަހުގެ29 ވަނަ ދުވަހު އޮތީ އެމައްސަލައިގެ އިސްތިއުނާފުގެ އަޑު އެހުމެކެވެ. ހުކުމް އިއްވިތާ ސިކުންތު ކޮޅަކަށް ފަހު ޒަހަރު ބޮއެ، ގޮނޑި މައްޗަށް ވެއްޓި އޮވެ އޭނާ ބުނީ އޭނާއަކީ ހަނގުރާމައިގެ ޖަރީމާ ހިންގި ކުށްވެރިއެއް ނޫން ކަމަށެވެ. 1992ވަނަ އަހަރާއި 1995ވަނަ އަހަރާއި ދެމެދު ހިނގި ހަނގުރާމައިގައި ބޮސްނިއާގެ އެތައް ހާސް މުސްލިމުންނަކަށް އަނިޔާދީ މަރާލި މައްސަލައިގައި ޕްރަޖަކްއާއި އޭރުގެ ކްރޮއޭޝިއާގެ އަސްކަރީ އަދި ސިޔާސީ 6 ލީޑަރެއްގެ މައްޗަށް ކުށް ސާބިތުވެ ގިނަ އަހަރުތަކަކަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ 2013ވަނަ އަހަރުއެވެ.

މިމައްސަލައަކީ ކުރީގެ ޔޫގޯސްލާވިއާ ދައުލަތުގެ ދަށުގައި ހުރި ޤައުމުތަކުން ހިންގި ހަނގުރާމައިގެ ޖަރީމާތައް ތަހުޤީޤް ކުރުމަށް އެކުލަވާލި އދގެ ޚާއްސަ ޓްރައިބިއުނަލްގެ އެންމެ ފަހުގެ މައްސަލައެވެ. މި ޓްރައިބިއުނަލް އަންނަ މަހު އުވާލާ ގޮތަށް ވަނީ ހަމަޖެހިފައިއެވެ. 1993ވަނަ އަހަރު ޔޫގޯސްލާވިއާގެ މައްސަލައިގެ ތެރޭގައި އުފެއްދި މި ޓްރައިބިއުނަލް އިން ވަނީ އުވާލާފައެވެ.

- ކޮމެންޓް