ކ. މާލެ
|
1 ޖެނުއަރީ 2018 | ހޯމަ 07:43
އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް
އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް
ގޫގުލް
އދ ގެ ސެކްރެޓަރީ ޖެނެރަލް
ދުނިޔޭގެ ހާލަތާއި މެދު ގުޓަރޭސް ރެޑް އެލާޓް ނެރުއްވައިފި
ގުޓަރޭސް ވަނީ ދުނިޔެއަށް ދިމާވެފައިވާ މިފަދަ މައްސަލަތައް ހައްލުކުރުމަށް އެންމެ އެއްކޮށް މަސައްކަތް ކުރުމަށް ގޮވާލައްވާފަ

ނިމިގެންދިޔަ 2017 އަހަރު ހިނގައިދިޔަ ކަންކަމާއި ގުޅިގެން ދުނިޔޭގެ ހާލަތާއި މެދު އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ރެޑް އެލާޓް ނެރުއްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ 2018 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ހާއްސަ ހިތާބެއްގައެވެ. މި ހިތާބުގައި ގުޓަރޭސް ވިދާޅުވެފައި ވަނީ އެއް އަހަރު ކުރިން އެމަނިކުފާނު އެ މަގާމާއި ހަވާލުވުމަށް ފަހު އެދިވަޑައިގަތީ ދުނިޔޭގައި ހަމެޖެހުން ގާއިމުކޮށްދިނުމަށް ކަމަށެވެ. އެހެން ނަމަވެސް އަހަރެއް ފާއިތުވެގެން ދިޔައިރު އެކަން ހާސިލްވެފައި ނުވުމަކީ ދެރަ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުން އިތުރުވެފައިވާ ކަމަށާއި ނިއުކްލިއާ ހަތިޔާރުގެ ނުރައްކާ ދުނިޔެއަށް އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ގުޓަރޭސް ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކަށް ކުރަމުންދާ އަސަރު އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި އިންސާފުން ދުނިޔޭގައި ކަންކަން ހިނގަމުންނުދާ ކަމަށެވެ. ހަމައެހެންމެ އިންސާނީ ހައްގުތަކާއި ހިލާފަށް އެކިއެކި ޖަރީމާތައް ހިންގުން އިތުރުވެފައިވާ ކަމަށް ވެސް އެމަނިކުފާނުގެ ހިތާބުގައި ވިދާޅުވިއެވެ.

ގުޓަރޭސް ވަނީ ދުނިޔެއަށް ދިމާވެފައިވާ މިފަދަ މައްސަލަތައް ހައްލުކުރުމަށް އެންމެން އެއްކޮށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް