ކ. މާލެ
|
31 ޑިސެންބަރ 2017 | އާދީއްތަ 22:21
ޚަތިމްތައް ފެނުނީ މުސްލިމް ކެންޑިޑޭޓެއްގެ ގެއިން
ޚަތިމްތައް ފެނުނީ މުސްލިމް ކެންޑިޑޭޓެއްގެ ގެއިން
ރާއްޖެ އެމްވީ
ލަންކާ އިންތިޚާބު
ކެމްޕޭނަށް ބަހަން އުޅޭކަމަށް ތުހުމަތުކޮށް 625 ޚަތިމް ހިފަހައްޓައިފި
މައްސަލަ ބެލުމަށްފަހު މިހާރު ޚަތިމްތައް ދޫކޮށްލުމަށް ވަނީ ނިންމާފައި

ލަންކާގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުތަކާއި ދިމާކޮށް، ކެމްޕޭނަށް ބަހަން އުޅުނުކަމަށް ބެލެވިގެން ކެންޑިޑޭޓެއްގެ ގެއިން 625 ޚަތިމް ފުލުހުން ގެންގޮސްފިއެވެ.

ލަންކާގެ ކަލްޕިޓިޔާގެ ފުލުހުން ހިފެހެއްޓި މި ޚަތިމްތަކަކީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެޤައުމުގެ އުތުރުގެ ސަރަހައްދަކަށް ކުރިމަތިލި މުސްލިމް ކެންޑިޑޭޓަކު ކެމްޕޭން ޙަރަކާތެއްގެ ގޮތުގައި މިސްކިތްތަކަށް ބަހަން ގެނައި ޚަތިމްތަކެއްތަކަށް ހީކޮށެވެ. އެހެން ނަމަވެސް މިއީ ޤަތަރުގައި ދިރިއުޅޭ އެ ކެންޑިޑޭޓްގެ ބޭބެ، ކެމްޕޭންގެ މާކުރިން އެސަރަހައްދުގެ މުސްލިމުންނަށް ބަހަން ފޮނުވި ޚަތިމްތަކެއްކަން ފަހުން ވަނީ އެނގިފައެވެ. އަދި އެއާއެކު މި ޚަތިމްތައް ދޫކުރުމަށް ފުލުހުން މަސައްކަތްކުރި ނަމަވެސް، އިންތިޚާބު ނިމުމުގެ ކުރިން އެތަކެތި ނުގެންދިޔުމަށް ކެންޑިޑޭޓް ވަނީ ނިންމަމާފައެވެ. މިކެންޑިޑޭޓަކީ ބޮޑުވަޒީރު ރަނިލްވިކްރަމަ ސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓެކެވެ.

ލަންކާގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ފޯރިގަދަވެފައިވާއިރު، ކެމްޕޭން ކުރުމުގެ ޤަވާޢިދުތަކާއި ޚިލާފުވެގެން މިހާތަނަށް 44 މީހަކު ހައްޔަރުކޮށްފައިވެއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް