ކ. މާލެ
|
31 ޑިސެންބަރ 2017 | އާދީއްތަ 22:37
13 މީޓަރު އަޑީގައި އޮތް ބޯޓުގެ ތެރެއިން ހަ މީހެއްގެ ހަށިގަނޑު ޑައިވަރުން ވަނީ ނަގާފައި
13 މީޓަރު އަޑީގައި އޮތް ބޯޓުގެ ތެރެއިން ހަ މީހެއްގެ ހަށިގަނޑު ޑައިވަރުން ވަނީ ނަގާފައި
ބީބީސީ
ސިޑްނީގައި ބޯޓެއް ވެއްޓުން
މޫދަށް ޖައްސާ މަތިންދާ ބޯޓެއް ސިޑްނީ ކައިރިއަށް ވެއްޓި ހަ މީހުން މަރުވެއްޖެ
ޒަޚަމްވި މީހުންގެ ތެރޭގައި 11 އަހަރުގެ ކުއްޖެއް ހިމެނޭ

އޮސްޓްރޭލިއާގެ ސިޑްނީގެ އުތުރުން 30 މޭލު ދުރުގައި އޮތް ކޯރަކަށް ސީ ޕްލޭނެއް ވެއްޓި ހަ މީހުން މަރުވެއްޖެއެވެ.

ބޯޓް ވެއްޓިފައިވަނީ ހޯކްސްބަރީ ކޯރަށެވެ.

ފުލުހުންގެ ޑައިވަރުންވަނީ 13 މީޓަރު އަޑީގައި އޮތް ބޯޓުގެ ތެރެއިން ހަ މީހެއްގެ ހަށިގަނޑު ނަގާފައެވެ.

ބައެއް މަސްދަރުތަކުން ލިބިފައިވާ ރިޕޯޓްތަކަށް ބަލާއިރު ޒަޚަމްވި މީހުންގެ ތެރޭގައި އުމުރުން 11 އަހަރުގެ ފިރެހެން ކުއްޖަކާއި، ޕައިލެޓް އަދި އިނގިރޭސިވިލާތުގެ ހަތަރު މީހުންވެސް ހިމެނެއެވެ.

ބޯޓް ވެއްޓުނު ސަބަބު ތަހުގީގު ޓީމަށް އަދި ހޯދިފައެއް ނުވެއެވެ.

އެކްޓިންގް ސުޕްރިންޓެންޑެންޓް މައިކަލް ގޯރމަން ވިދާޅުވީ ބޯޓު ނެގުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން ބުނީ ބޯޓް ވެއްޓުނު ހާދިސާއާ ގުޅިގެން ބްރިޓިޝް ކޮންސިއުލޭޓްގެ އޮފީހުގެ އޮފިޝަލުން އޮސްޓްރޭލިއާގެ ކަމާ ގުޅުންހުރި ދާއިރާތަކުގެ އޮފިޝަލުންނާއެކު މަސައްކަތް ކުރަމުންދާކަމަށެވެ. ކޮންސިއުލޭޓް އޮފީހުން ފޯރުކޮށްދޭންޖެހޭ ކޮންމެ އެހީއެއް ދޭން ތައްޔާރަށް އޮތްކަމަށެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް