ކ. މާލެ
|
1 ޖެނުއަރީ 2018 | ހޯމަ 09:28
މާދަމާ ރޭ ރާއްޖެ ޓީވީއިން ސަގާފީ ލަވަ ޝޯއެއް ގެނެސްދޭނެ
މާދަމާ ރޭ ރާއްޖެ ޓީވީއިން ސަގާފީ ލަވަ ޝޯއެއް ގެނެސްދޭނެ
މުހައްމަދު ޝަރުހާން
ރާއްޖެ ޓީވީ
ރާއްޖެ ޓީވީއިން އާ އަހަރުގެ ހާއްސަ ޝޯތަކެއް
މާދަމާ ރޭ ރާއްޖެ ޓީވީއިން ސަގާފީ ލަވަ ޝޯއެއް ގެނެސްދޭނެ

އާ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ހާއްސަ ޝޯތަކެއް ރާއްޖެ ޓީވީ އިން ގެނެސްދިނުމަށް ނިންމައިފި އެވެ.

ދެހާސް ސަތާރަވަނަ އަހަރު ހިނގި ކަންކަމުގެ މައްޗަށް ބަލާލައި ތައްޔާރު ކޮށްފައިވާ ޕްރޮގްރާމް މިރޭ 9:00 އަށް ތާވަލް ކޮށްފައިވާއިރު، ޓްރެވަލް ޑޮކިއުމެންޓަރީ، "ބޮމްބޭ ދަތުރު" މިރޭ 11:00 ގައި އަދި ރާއްޖެ ޓީވީ ނައިޓްގެ މި އަހަރުގެ ޝޯ ގެނެސްދޭނީ މިރޭ 00:00 ގަ އެވެ.

މާދަމާރެއަށް ވެސް ހާއްސަ ޝޯތަކެއް ތާވަލުކޮށްފައިވެ އެވެ. ސަގާފީ ލަވަ ޕްރޮގްރާމް، ގުލްދަސްތާ ގެނެސްދޭނީ މާދަމާ ރޭ 10:00 ގައެވެ. އަދި ދުނިޔެ އާއި ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ އުސްއަލިތަކަށް ބަލާލައި ތައްޔާރު ކޮށްފައިވާ ޕްރޮގްރާމް އަންނާނީ 11:00 ގަ އެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމް ވިދާޅުވި ގޮތުގައި މިރޭ ގެނެސްދޭ 2017ގެ ޝޯއިން ރާއްޖޭގެ ސިޔާސީ މަޝްހަރާއި ހިންގާފައިވާ ޖަރީމާތައް އަދި ޝަރުއީ ނިޒާމު ގަޑުބަޑު ކުރި ގޮތް ދިރާސާ ގޮތެއްގައި ގެނެސްދޭނެ އެވެ. އަދި ލަވަ ޝޯތަކުން އަހަރުގެ ފެށުން ރަނގަޅުވެގެންދާނެ ކަމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

- ކޮމެންޓް