ކ. މާލެ
|
30 ޑިސެންބަރ 2017 | ހޮނިހިރު 23:25
އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ޓާންބުލް - ލައިފް ޖެކެޓް ނާޅުއްވާ ޑިންގީ އެއް ދުއްވަވަނީ
އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ޓާންބުލް - ލައިފް ޖެކެޓް ނާޅުއްވާ ޑިންގީ އެއް ދުއްވަވަނީ
ދި އޮސްޓްރޭލިއަން
ބޮޑުވަޒީރު ޓާރންބުލް
ލައިފް ޖެކެޓް ނެތި ޑިންގީ އެއްގައި އުޅުއްވި އޮސްޓްރޭލިއާގެ ބޮޑުވަޒީރު ޖުރިމަނާ ކޮށްފި
ބޮޑުވަޒީރު ޖުރިމަނާ ކުރީ 250 އޮސްޓްރޭލިއަން ޑޮލަރުން

ގައުމުގެ އެންމެ މަތީ ވެރިޔަކަށް ހުންނެވިޔަސް ގާނޫނޫ އެބޭފެޅެއްގެ މައްޗަށްވެސް އެންމެ އާދައިގެ މީހާ އެކޭ އެއްގޮތައް ހިނގާކަން އޮސްޓްރޭލިއާ އިން ސާބިތު ކޮށްދީފިއެވެ.

މި ގޮތުން، ލައިފް ޖެކެޓް ނާޅުއްވާ އޮސްޓްރޭލިއާގެ ބޮޑު ވަޒީރު މެލްކޮމް ޓާރންބުލް ޑިންގީއެއްގައި އުޅުއްވި ކަން ހާމަ ވުމުން އެކަމަށް ކަނޑައެޅިފައި އޮންނަ އަދަބު ކަމުގައިވާ 250 އޮސްޓްރޭލިއަން ޑޮލަރު (193 އެމެރިކާ ޑޮލަރު) ގެ ޖުރިމަނާ އެމަނިކުފާނު ދައްކަވަން ޖެހިވަޑައިގެންފިއެވެ.

ސިޑްނީގައި ހުންނަ އެމަނިކުފާނުގެ އަމިއްލަ ގެކޮޅާ މާދުރު ނޫން ހިސާބެއްގައި ހުސްވި ހަފްތާގައި ޑިންގީއެއްގައި އުޅުއްވި މައްސަލައި ގައި، ކަމާބެހޭ ފަރާތުން އެމަނިކުފާނު ޖުރިމަނާ ކުރިކަން އެންގީ މިދިޔަ ހުކުރު ދުވަހުއެވެ.

ޖުރިމަނާ ކޮށްފައިވަނީ ނިއު ސައުތު ވޭލްސްގެ މެރިޓައިމް އޮތޯރިޓީން ނެވެ. އެ އޮތޯރިޓީ އަކީ ކަނޑުމަތީގެ ގަވައިދުތަކާ ޚިލާފްވާ ފަރާތްތައް ހޯދާ އެކަމަށް ކަނޑައެޅިފައިވާ އަދަބު ދިނުމުގެ މެންޑޭޓް އޮންނަ އޮތޯރިޓީއެވެ.

ބޮޑުވަޒީރު ޖުރިމަނާ ކުރުމާ ގުޅިގެން ނިއު ސައުތު ވޭލްސް ގެ މެރިޓައިމް ޑިރެކްޓަރ ވިދާޅުވީ، މިއީ ޗުއްޓީގެ ސީޒަން ކަމަށްވެފައި މިކަން މިވީ އެންމެންނަށް ލައިފް ޖެކެޓް އެޅުމަށް ހަނދާން ބެހެއްޓުމަށް ރަނގަޅު ދަނޑިވަޅެއްގައި ކަމުގައެވެ.

ބޮޑުވަޒީރު ލައިފް ޖެކެޓް ނާޅުއްވާ ޑިންގީގައި އުޅުއްވި ފޮޓޯ އެންމެ ފުރަތަމަ އާއްމު ކުރީ "ދަ އޮސްޓްރޭލިއަން" ނޫހުންނެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ޓާރން ބުލް އަކީ މަލްޓި މިލިއަނަރެކެވެ.

ޖުރިމަނާ ކުރުމާ ގުޅިގެން ބޮޑުވަޒީރުގެ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވަނީ، ކިތަންމެ ގޮނޑުދޮށާ ގާތުގައި އުޅުއްވި ނަމަވެސް ކުރިއަށް އޮތް ތާނުގައި ލައިފް ޖެކެޓް އަޅުއްވާނެ ކަމަށާއި، މިކަމުން ފިލާވަޅެއް ލިބި ވަޑައިގެންފި ކަމުގައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ސަމާހު
- ކޮމެންޓް
30 ޑިސެންބަރ 2017 | ހޮނިހިރު 23:24
މިރުޝާން
ޔާމީނަށާއި އޭނާގެ ފަނޑިޔާރުންނަށް މި އާޓިކަލް ދައްކާލަބަލަ