ކ. މާލެ
|
30 ޑިސެންބަރ 2017 | ހޮނިހިރު 15:46
އިސްރާއީލުން ބުނާ ގޮތުގައި ޔުނެސްކޯ އިން މަސައްކަތްކުރަނީ އެ ގައުމާ ދެކޮޅަށް
އިސްރާއީލުން ބުނާ ގޮތުގައި ޔުނެސްކޯ އިން މަސައްކަތްކުރަނީ އެ ގައުމާ ދެކޮޅަށް
ރޮއިޓަރސް
އިސްރާއީލްގެ މައްސަލަ
އެމެރިކާގެ ފަހަތުން އިސްރާއީލް ވެސް ޔުނެސްކޯ އިން ވަކިވާން ނިންމައިފި
އެމެރިކާއިން ވަނީ އޮކްޓޯބަރު މަހު އެ ޖަމާއަތުން ވަކިވާން ހުށަހަޅާފައި
ދެ ގައުމަށް ވެސް ވަކިވެވޭނީ އަންނަ އަހަރުގެ ޑިސެމްބަރު 31 ގައި

އެމެރިކާގެ ބޯކޮޅު ބަލައިގެން އިސްރާއީލުން ވެސް ޔުނެސްކޯ އިން ވަކިވާކަން ހާމަކޮށްފިއެވެ.

އެގައުމުން ވަނީ އެ ޖަމާއަތުން "ހަމަލާދެމުންދާ ކަމަށް" ބުނެފައެވެ.

އިސްރާއީލުން މި ނިންމުން ނިންމާފައި ވަނީ ގުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާއިން ނިންމި ނިންމުމާ ދެކޮޅަށް އދ. ގެ އާއްމު މަޖިލީހުގައި 128 މެމްބަރުންގެ ވޯޓުން ފާސްކޮށްފައި ވަނިކޮށެވެ.

އިސްރާއީލުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އެމަނުއެލް ނާޝޯން ވިދާޅުވީ އެ ފިޔަވަޅު އެޅީ "ޔަހޫދީންގެ ތާރީޚާ އިސްރާއީލް ވަކިކުރަން އުޅޭތީ" ކަމަށެވެ.

އޭނާ ވިދާޅުވީ ވަކިވުމަށް ރަސްމީކޮށް ސިޓީ ހުށަހަޅާނީ އަހަރު ނިމޭއިރު ކަމަށާއި ރަސްމީކޮށް އެ ޖަމާތުން ވިކިވާނީ 2018 ނިމޭއިރު ކަމަށެވެ.

އިސްރާއީލާ ދެކޮޅަށް ތަކުރާރުކޮށް މަސައްކަތްކުރަމުން ދާކަމަށާއި އެ ޖަމާއަތް އިސްލާހު ކުރަންޖެހޭ ކަމަށް ބުނެ އެމެރިކާ އިން ވަނީ އޮކްޓޯބަރު މަހުގެ ތެރޭގައި ޔުނެސްކޯ އިން ވަކިވާކަން ހާމަކޮށްފައެވެ.

ޔުނެސްކޯގެ ގަވާއިދު ބުނާ ގޮތުން މެމްބަރު ގައުމެއް އެ ޖަމާއަތުން ވަކިވެވޭނީ އެކަމަށް ރަސްމީކޮށް ހުށަހެޅުމުން އެއް އަހަރު ފަހުން ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

މި އުސޫލަށް ބަލާއިރު އެމެރިކާއިން އޮކްޓޯބަރު މަހު ހުށަހަޅާފައިވީ ނަމަވެސް އެ ގައުމަށް ވެސް ޔުނެސްކޯ އިން ވަކިވެވޭނީ އިސްރާއީލާ އެކު އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ގައެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް