ކ. މާލެ
|
30 ޑިސެންބަރ 2017 | ހޮނިހިރު 12:55
ޓައިމް މެގަޒިން އިން ވަނީ މިއަހަރުގެ އެންމެ މޮޅޫ 10 ފިލްމު ހިމަނާފައި
ޓައިމް މެގަޒިން އިން ވަނީ މިއަހަރުގެ އެންމެ މޮޅޫ 10 ފިލްމު ހިމަނާފައި
ގެޓީ އިމޭޖަސް
ހޮލީވުޑް
2017 ވަނަ އަހަރު ނިކުތް ހޮލީވުޑްގެ އެންމެ މަގުބޫލު ފިލްމުތައް އެނގޭތަ؟
ޓައިމް މެގަޒިންއިން ވަނީ މި އަހަރު ނިކުތް އެންމެ މޮޅު 10 ފިލްމު ހިމަނާފައި

މިއަހަރު ވެސް ވަނީ ހޮލީވުޑްގައި ތަފާތު އަދި ކާމިޔާބު ފިލްމުތަކެއް ނިކުމެފައެވެ. ޓައިމް މެގަޒިން އިން ވަނީ މި އަހަރު ނިކުތް އެންމެ މޮޅު 10 ފިލްމު ހިމަނާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

1. ދަ ޕޯސްޓް:

ދަ ޕޯސްޓް އަކީ އެމެރިކަން ހިސްޓޯރިކަލް ޑްރާމާ ޕޮލިޓިކަލް މޫވީއެކެވެ. މި ފިލްމު ޑައިރެކްޓް ކޮށްފައި ވަނީ ސްޓީވެން ސްޕީލްބާފްއެވެ. މި ފިލްމުގެ ސްކްރީން ޕްލޭ ލިޔެފައިވަނީ ލިޒް ހައްނާ އަދި ޖޯޝް ސިންގާއެވެ. މި ފިލްމުން ފެނިގެން ދަނީ މެރީލް ސްޓްރީޕްއާއި ޓޮމް ހެންކްސް ސާރާ ޕައުލްސަން، ބޮބް އޮޑެންކްރިކް، ޓްރޭސީ ލެޓްސް، ބްރޫސް ގްރީންވޫޑްހިމެނެއެވެ.

މި ފިލްމު ވަނީ ނެޝަނަލް ބޯޑް އޮފް ރިވިވް އިން މިއަހަރުގެ އެންމެ މޮޅު 10 ފިލްމުގެގޮތުގައި އަދި ޓައިމް އާއި އެމެރިކަން ފިލްމު އިންސްޓިޓިއުޓްއިން ހިމަނާފައެވެ. އަދި މި ފިލްމަށް ވަނީ 75 ވަނަ ގޯލްޑަން ގްލޯބް އެވޯޑް ގައި އެންމެ މޮޅު ޑައިރެކްޓަރ، އެންމެ މޮޅު އެކްޓްރެސް، އެންމެ މޮޅު އެކްޓަރ އަދި އެންމެ މޮޅު ސްކްރީން ޕްލޭ އަށް ނޮމިނޭޓްވެފައެވެ.

2. ލޭޑީ ބާޑް:

ސެޕްޓެމްބަރު މަހުގެ 1 ގައި ރިލީޒް ކޮށްފައިވާ ލޭޑީ ބާޑް އަކީ 10 މިލިއަންގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމަށް ވަނީ އާމްދަނީގެ ގޮތުގައި 30 މިލިއަން ޑޮލަރު ލިބިފައެވެ.

ލޭޑީބާޑް  ލިޔެ ޑައިރެކްޓް ކޮށްފައިވަނީ ގްރޭތާ ގާވިގް އެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ  ސައުޝާ ރޯނަން،ލޯރީ މެޓްކާފް، ލޫކަސް ހެޖްސް، ޓިމޯތީ ޗަލަމެޓް އަދި ޓްރޭސީ ލެޓްސްއެވެ.

މި ފިލްމު ވަނީ ނެޝަނަލް ބޯޑް އޮފް ރިވިވް އިން މިއަހަރުގެ އެންމެ މޮޅު 10 ފިލްމުގެގޮތުގައި އަދި ޓައިމް އާއި އެމެރިކަން ފިލްމު އިންސްޓިޓިއުޓްއިން ހިމަނާފައެވެ. 75 ވަނަ ގޯލްޑެން ގްލޯބް އެވޯޑްގައި ލޭޑީ ބާޑް ވަނީ 4 ބަޔަކަށް ނޮމިނޭޓް ވެފައެވެ. އެއީ އެންމެ މޮޅު މިއުޒިކް، އެންމެ މޮޅު ކޮމެޑީ، އެންމެ މޮޅު އެކްޓްރެސް، އެންމެ މޮޅު ސްކްރީންޕްލޭއެވެ.

3. ދަ ލޮސްޓް ސިޓީ އޮފް ޒީ:

މިއަހަރުގެ އެޕްރީލް މަހުގެ 14 ވަނަ އަހަރު ރިލީޒް ކުރި ދަ ލޮސްޓް ސިޓީ އޮފް ޒީ ޑައިރެކްޓް ކޮށްފައިވަނީ ޖޭމްސް ގްރޭއެވެ. މި ފިލްމަކީ 2009 ވަނަ އަހަރު ނުކުތް ވާހަކަ ކަމަށްވާ ދަލޮސްޓް ސިޓީ އޮފް ޒީ ގެ ނަމުގައި ހަދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ ޗާލީ ހައްނާމް ، ރޮބާޓް ޕަޓިންސަން، ސިއެންނާ މިލާ އަދި ޓޮމް ހޮލާންޑް އެވެ.

 17.2 މިލިއަން ރުފިޔާގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 30 މިލިއަން ޑޮލަރެވެ. ޓައިމް މެގަޒިން އިން ވަނީ މިދިޔަ އަހަރު ނިކުތް ފިލްމު ތަކުގެ ތެރެއިން 10 ވަނަ އަށް އެންމެ ކާމިޔާބު ފިލްމުގެ ގޮތުގައި މިފިލްމު ހިމަނާފައެވެ.

4. ޕާސަނަލް ޝޮޕާ:

ޕާސަނަލް ޝޮޕާ އަކީ ސުޕަނެޗުރަލް އަދި ސައިކޮލޮޖިކަލް ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ޑައިރެކްޓަރ އޮލިވިއާ އައްސައްޔާސް އުފައްދާފައިވާ ފިލްމެކެވެ. ވޯލްޑް ވައިޑް ކޮށް މި ފިލްމު 2016 ވަނަ އަހަރުގެ ޑިސެމްބަރ 14 ވަނަ ދުވަހުގައި ރިލީޒް ކުރިކަމުގައި ވިއަސް އެމެރިކާގައި މި ފިލްމު ރިލީޒް ކޮށްފައިވަނީ މިއަހަރުގެ މާޗް މަހުގެ 10 ވަނަ ދުވަހުގައެވެ.

މި ފިލްމަށް ވަނީ ކޭންސް ފިލްމު ފެސްޓިވަލްގައި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ލިބިފައެވެ. އެއްމިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.2 މިލިއަން ޑޮލަރެވެ. ޓައިމް މެގަޒިން އިން ވަނީ މިއަހަރު ނިކުތް ފިލްމު ތަކުގެ ތެރެއިން 10 ވަނަ އަށް އެންމެ ކާމިޔާބު ފިލްމުގެ ގޮތުގައި މިފިލްމު ހިމަނާފައެވެ.

 5 ކެޑީ:

ތުރުކީ ފިލްމެއްކަމަށްވާ ކެޑީ އެމެރިކާގައި ރިލީޒްކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގައެވެ. މި ފިލްމަކީ އިސްތަމްބޫލްގައި ދިރިއުޅޭ ބުޅާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ދިގުމިނަކީ 79 މިނެޓެވެ. ތުރުކީގެ ޑައިރެކްޓަރެއް ކަމަށްވާ ސޭޑަލް ޓޯރަން ޑައިރެކްޓް ކޮށްފައިވާ މި ފިލްމު އެއްމިލިއަން ބަޖެޓަކުން އުފައްދާފައިވާއިރު ހަތަރު މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. ޓައިމް މެގަޒިން އިން ވަނީ މިއަހަރު ނިކުތް ފިލްމު ތަކުގެ ތެރެއިން 10 ވަނަ އަށް އެންމެ ކާމިޔާބު ފިލްމުގެ ތެރޭގައި މިފިލްމު ހިމަނާފައެވެ.

6. ކޯލް މީ ބައި ޔުއާ ނޭމް:

ކޯލް މީ ބައި ޔުއާ ނޭމް އަކީ ލޯބީގެ ފިލްމެކެވެ. ލޫކާ ގުއަޑަނީނޯ ޑައިރެކްޓް ކޮށްފައިވާ މިފިލްމަކީ 2007 ވަނަ އަހަރު ނެރުނު ވާހަކައިގެ ނަމަށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމުން ފެނިގެން ދަނީ އާމީ ހައްމާ އާއި ޓިމޯތީ ޗަލާމެޓްއަދި އާމިރާ ކޭސާ ހިމެނެއެވެ.

3.5 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ލިބިފައި ވަނީ 4.8 މިލިއަން ޑޮލަރެވެ.

75 ވަނަ ގޯލްޑެން ގްލޯބް އެވޯޑްގައި މި ފިލްމު ވަނީ އެނެމް މޮޅު ސަޕޯޓިން އެކްޓަރ އަށް ނޮމިނޭޓް ވެފައެވެ. އަދި 24 ވަނަ ސްކްރީބް އެކްޓާ ގިލްޑް އެވޯޑް އަށް އެންމެ އައުޓްސްޓޭންޑިން އެކްޓަރ ގެ ރޯލަށް މި ފިލްމު ވަނީ ނޮމިނޭޓް ވެފައެވެ. މި ފިލްމު ވަނީ ނެޝަނަލް ބޯޑް އޮފް ރިވިވް އިން މިއަހަރުގެ އެންމެ މޮޅު 10 ފިލްމުގެގޮތުގައި އަދި ޓައިމް އާއި އެމެރިކަން ފިލްމު އިންސްޓިޓިއުޓްއިން ހިމަނާފައެވެ.

7. ޑަންކްރިކް:

ޑަންކްރިކް އަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ހިނގާދިޔަ ހާދިސާއެއްގެ މައްޗަށް ބިނާކޮށް 2017 ވަނަ އަހަރުގެ ޖުލައި 13 ގައި ނެރެފައިވާ ފިލްމެކެވެ. މި ފިލްމު ޑައިރެކްޓް ކޮށް އަދި ޕްރޮޑިއުސްކޮށްފައި ވަނީ ކްރިސްޓޮފާ ނޯލަންއެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ ފިއޯން ވައިޓްހެޑް،ޓޮމް ގްލީން ކާނޭ، ޖެކް ލޯޑެން،ހެރީ ސްޓައިލްސް އަދި ޖޭމްސް ޑީ އާސީ ހިމެނެއެވެ. ޑަންކްރިކް އުފައްދާފައި ވަނީ 100 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. މި ފިލްމަށް ވަނީ 525.6 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

ޓައިމް މެގަޒިން އިން ވަނީ މިއަހަރު ނިކުތް ފިލްމު ތަކުގެ ތެރެއިން 10 ވަނަ އަށް އެންމެ ކާމިޔާބު ފިލްމުގެ ތެރޭގައި މިފިލްމު ހިމަނާފައެވެ. އަދި 75 ވަނަ ގޯލްޑެން ގްލޯބް އެވޯޑަށް މި ފިލްމު ވަނީ ނޮމިނޭޓްވެފައެވެ.

8. ފޭސެސް ޕްލޭސެސް:

މިއަހަރުގެ ޖޫން މަހުގެ 28 ގައި ނިކުތް ފޭސެސް ޕްލޭސެސް އަކީ އޭންޖެސް ވާރްޑާއެވެ. މިއީ ފްރެންޗް ފިލްމެކެވެ. މި ފިލްމު ވަނީ މިއަހަރު ބޭއްވި ކޭންސް ފިލްމު ފެސްޓިވަލްގައި ދައްކާލާފައެވެ. ތަރިންގެ ތެރޭގައި މި ފިލްމުން ފެނިގެން ދަނީ އޭންޖެސް ވާރްޑާ އަދި ޖޭއާރުއެވެ. އެއްމިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.6 މިލިއަން ޑޮލަރެވެ. ޓައިމް މެގަޒިން އިން ވަނީ މިއަހަރު ނިކުތް ފިލްމު ތަކުގެ ތެރެއިން 10 ވަނަ އަށް އެންމެ ކާމިޔާބު ފިލްމުގެ ތެރޭގައި މިފިލްމު ހިމަނާފައެވެ.

9. ގެޓް އައުޓް:

ޖެނުއަރީ މަހުގެ 24ނގައި ނިކުތް ގެޓް އައުޓްއަކީ ބިރުވެރި ފިލްމެކެވެ. މިފިލްމުގެ ޑައިރެކްޓަރަކީ ޖޯޑަން ޕީލޭއެވެ. ޑެނިއެލް ކަލޫޔާ އާއި އެލީސަން ވިލިއަމް ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގެ އެހެން އެކްޓަރުންގެ ތެރޭގައި ބާޑްލޭ ވިޓްފޯޑް ސްޓެފެން ރޫޓް ފެނިގެންދެއެވެ.

4.5 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 254 މިލިއަން ޑޮލަރެވެ. މި ފިލްމަށް ވަނީ 75 ވަނަ ގޯލްޑެން ގްލޯބް އެވޯޑްގައި އެންމެ މޮޅު މިއުޒިކް އަދި އެންމެ މޮޅު ކޮމެޑީ އަދި މީގެ އިތުރުން އެންމެ މޮޅު އެކްޓާއަށް ނޮމިނޭޓް ވެފައެވެ. ޓައިމް މެގަޒިން އިން ވަނީ މިއަހަރު ނިކުތް ފިލްމު ތަކުގެ ތެރެއިން 10 ވަނަ އަށް އެންމެ ކާމިޔާބު ފިލްމުގެ ތެރޭގައި މިފިލްމު ހިމަނާފައެވެ.

10. ގާލްސް ޓްރިޕް:

ކޮމެޑީ ފިލްމެއް ކަމަށްވާ ގާލްސްޓްރިޕް ނެރެފައިވަނީ މިއަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުގައެވެ. 19 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާ މި ފިލްމުގެ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 139 މިލިއަން ޑޮލަރެވެ.  މި ފިލްމުގެ އެކްޓަރުންގެ ތެރޭގައި ހިމެނެނީ ރެޖީނާ ހޯލް، ޓިފަނީ ހައްޑީޝް، ލަރެންޒް ޓޭޓް، މައިކް ކޯލްޓާ، ކޭޓް ވަލްޝް، ޖަޑާ ޕިންކެޓް ސްމިތް އަދި ކުއީން ލަތީފާއެވެ. މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ މެލްކޮމް ޑީ ލީއެވެ. މި ފިލްމަކީ 2017 ވަނަ އަހަރު ނިކުތް ފުރަތަމަ ކޮމެޑީ ފިލްމުވެސް މެއެވެ. ޓައިމް މެގަޒިން އިން ވަނީ މިއަހަރު ނިކުތް ފިލްމު ތަކުގެ ތެރެއިން 10 ވަނަ އަށް އެންމެ ކާމިޔާބު ފިލްމުގެ ތެރޭގައި މިފިލްމު ހިމަނާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް