ކ. މާލެ
|
29 ޑިސެންބަރ 2017 | ހުކުރު 10:41
ޓައިގާ އާއި ދިޝާ މުމްބާއި އެއާޕޯޓުގައި ފުރަން ގޮސް ތިއްބައި ނަގާފައިވާ ފޮޓޯ
ޓައިގާ އާއި ދިޝާ މުމްބާއި އެއާޕޯޓުގައި ފުރަން ގޮސް ތިއްބައި ނަގާފައިވާ ފޮޓޯ
އިންޑިއާ.ކޮމް
ޓައިގާ ޝްރޮފް- ދިޝާ ޕަޓާނީ
އާއަހަރު ފާހަގަ ކުރަން ޓައިގާ ޝްރޮފް ރާއްޖޭގައި
ޓައިގާ ރާއްޖެ އައިސްފައި ވަނީ ބުރާސްފަތި ދުވަހު
ޗުއްޓީ ހޭދަކުރަމުންދަނީ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ކޮންރެޑް މޯލްޑިވްސްގައި

 ބޮލީވޫޑްގެ އަރަމުން އަންނަ ތަރި ޓައިގާ ޝްރޮފް އާއަހަރު ފާހަގަ ކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.

ޓައިގާ ރާއްޖެ އައިސްފައި ވަނީ ބުރާސްފަތި ދުވަހުއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއާ ޑޮޓް ކޮމް އިން ވެސް ވަނީ ބުދަދުވަހުގެ ރޭ ޓައިގާ އާއި އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ދިޝާ ޕަޓާނީ އެއާޕޯޓަށް ފުރަންގޮސް ތިއްބައި ނަގާފައިވާ ފޮޓޯތަކެއް އާންމު ކޮށްފައެވެ. އެހެން ނަމަވެސް އެ ދެ މީހުން ފުރަނީ ކޮންތަނަކަށް ކަމެއް އެ ނޫހުން ބުނެފައެއް ނުވެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ޓައިގާ އާއި ދިޝާ ޗުއްޓީ ހޭދަކުރަމުންދަނީ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ކޮންރެޑް މޯލްޑިވެސްގައެވެ. އަދި އެ ދެ މީހުން ޖެނުއަރީ މަހުގެ 2 ވަނަ ދުވަސް ވަންދެން ކޮންރެޑްގައި ތިބޭނެ ކަމަށް ވަނީ ޚަބަރު ލިބިފައެވެ.

ރޮކް ނަމަކަށް ކިޔާ އައިޑީއަކުން އިންސްޓަގްރާމަށް ލާފައިވާ ވީޑިއޯއެއް ވެސް އިންޑިއާ ޑޮޓް ކޮމް އިން ވަނީ އެޚަބަރާ އެކު އެޓޭޗް ކޮށްފައެވެ.  އެ ވިޑިއޯގައި ފެންނަނީ ޓައިގާ އާއި ދިޝާ އަދި ރަންވީރު ސިންގްއެވެ. އެހެން ނަމަވެސް ރަންވީރު ރާއްޖެ އައި ކަމެއް އެނގިފައެއް ނުވެއެވެ.

މަޝްހޫރު ފިލްމީ ތަރި ޖެކީ ޝްރޮފްގެ ދަރިފުޅު ޓައިގާ އާއި ދިޝާ އެކުގައި ފިލްމަކުން ފެންނާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 28 ވަނަ ދުވަހު ރިލީޒް ކުރާ "ބާޣީ 2" އިންނެވެ. ޓައިގާ އާއި ދިޝާ އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް އަޑުތައް އަރާފައި އޮތް ކަމުގައި ވިއަސް އެ ދެ މީހުން ވެސް އެކަން ދޮގުކުރެއެވެ. ދިޝާ އެންމެ ފުރަތަމަ ބޮލީވޫޑް ފިލްމަކުން ފެނިގެން ގޮސްފައި ވަނީ ޝުސާންތު ސިންގް ރާޖްޕޫތުއާ އެކު "އެމް.އެސް ދޯނީ" އިންނެވެ. މީގެ އިތުރުން މި އަހަރުގެ ޖެނުއަރީ މަހު ރިލީޒްކުރި "ކުންފު ޔޯގާ" ގައި ހޮލީވޫޑްގެ ތަރި ޖެކީ ޗޭންއާ އެކު އޭނާ ފެނިގެން ގޮސްފައިވެއެވެ. 

- ކޮމެންޓް