ކ. މާލެ
|
28 ޑިސެންބަރ 2017 | ބުރާސްފަތި 18:57
ކޮންސްޓަންޓީނޯ ޗިވެންގާ - ރައީސް މުގާބޭގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވުމަށް ފަހު އޭނާ މަގާމުން ދުރުކުރުމަށް އިސްދައުރެއް އަދާ ކުރެއްވި
ކޮންސްޓަންޓީނޯ ޗިވެންގާ - ރައީސް މުގާބޭގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވުމަށް ފަހު އޭނާ މަގާމުން ދުރުކުރުމަށް އިސްދައުރެއް އަދާ ކުރެއްވި
ރޮއިޓަރސް
ޒިމްބާބްވޭގެ މަސްރަހު
މުގާބޭ ވެރިކަމުން ވައްޓާލި އަސްކަރީ ވެރިޔާ އަށް ގައުމުގެ ނައިބު ރައީސް ކަން
ޒިމްބާބުވޭގެ އައު ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަން ކުރަމުން ދަނީ މުގާބޭގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް އުޅުނު ފަރާތްތައް

ޒިމްބާބުގެ ޚުދުމުޚުތާރު ވެރިޔާ ރޮބަޓް މުގާބޭ ވެރިކަމުން ދުރުކުރުމުގައި އެންމެ އިސް ދައުރެއް އަދާ ކުރެއްވި، އެ ގައުމުގެ އަސްކަރިއްޔާގެ ވެރިޔާ ކޮންސްޓަންޓީނޯ ޗިވެންގާ ޒިމްބާބުވޭގެ ނައިބު ރައީސް ކަމަށް އިސްކޮށްފިއެވެ.

މުގާބޭ ވެރިކަމުން ދުރުކުރުމަށް އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަން ކުރިއަށް ދިޔައީ މިދިޔަ ނޮވެމްބަރު މަހުގައެވެ.

އަސްކަރިއްޔާގެ ވެރިޔާގެ މަގާމުން ޗިވެންގާ އިސްތިއުފާ ދެއްވީ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އޭގެ ފަހުން ވެރިކަން ކުރާ ޕާޓީގެ ނައިބު ލީޑަރުގެ މަގާމު އޭނާއަށް ލިބިވަޑައިގަތެވެ.

ޒިމްބާބުވޭގެ ސިޔާސީ މަސްރަހް ހޫނުވީ، އޭރުގެ ނައިބު ރައީސް މުނަންގަގްވާ މަގާމުން ދުރުކުރުމާ ގުޅިގެން އޭނާ ގައުމުން ބޭރަށް ވަޑައިގަތް ހިސާބުންނެވެ. އެއާ އެކު ބެލެވުނީ މުގާބޭގެ އަނބިކަނބަލުން ވެރިކަމަށް ގެންނެވުމަށް މުގާބޭ މަސައްކަތްޕުޅު ފެއްޓެވީ ކަމުގައެވެ.

މުގާބޭގެ ޕްލޭން ފެއިލްވެ، އެންމެ ފަހު މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ އަސްކަރިއްޔާ އޭނާގެ ވެރިކަމާ ދެކޮޅަށް ތެދުވި ހިސާބުންނެވެ. އަސްކަރީ އޮޕަރޭޝަންގެ ނަތީޖާއަކަށް ވެގެން ދިޔައީ ނައިބު ރައީސް ކަމުން ދުރުކުރެވުނު މުނަންގަގްވާ އަށް ޒިމްބާބުވޭގެ ރައީސްކަން ލިބި ވަޑައިގަތުމެވެ. އަސްކަރިއްޔާ އާ ގާތް ގުޅުމެއް އޮތް ބޭފުޅެއްގެ ގޮތުގައި ބެލެވިފައިވާ މުނަންގަގްވާ ވެރިކަމަށް އިސްކުރެވުނީ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

މިހާރުގެ ރައީސް މުނަންގަގްވާ އެކޭ އެއް ގޮތައް ނައިބު ރައީސް ކަމަށް އައްޔަން ކުރެވުނު އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ޗިވެންގާ އަކީވެސް މުގާބޭގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ފަރާތްތަކެވެ.

ޒިމްބާބުވޭގެ އައު ސަރުކާރުގެ ޚާރިޖީ ވަޒީރު ކަމަށް ނޮވެމްބަރު 30 ގައި އައްޔަން ކުރެވުނު ސިބުސިސޯ މޮޔޯ އަކީވެސް މުގާބޭ ވެރިކަމުން ދުރުކުރުމުގައި އަސްކަރިއްޔާގެ ތެރެއިން މުހިންމު ދައުރެއް އަދާކުރެއްވި ޖެނެރަލެއް ކަން ފާހަގަ ކުރެވެއެވެ.

- ކޮމެންޓް