ކ. މާލެ
|
28 ޑިސެންބަރ 2017 | ބުރާސްފަތި 12:44
ވިރާތާއި އަނުޝްކާ
ވިރާތާއި އަނުޝްކާ
ގެޓީ އިމޭޖަސް
އަނުޝްކާ ޝަރުމާ - ވިރާތު ކޯލީ
ކްރިކެޓާއި ދުރަށް ދިޔައީ ކައިވެނިކުރުމަށް: ވިރާތު ކޯލީ
ވިރާތާއި އަނުޝްކާ ކައިވެނިކުރީ މިމަހުގެ 11 ވަނަ ދުވަހު

މިމަހުގެ 11 ވަނަ ދުވަހު ކައިވެނި ކުރި ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރުމާއާއި ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީ ކައިވެނި ކުރުމަށް ފަހު މިހާރު ވަނީ އާ އަހަރުގެ ޗުއްޓީ އަށް ސައުތު އެފްރިކާއަށް ގޮހެވެ. 

ވިރާތު ބުނީ އޭނާ ކައިވެނި ކުރުމަށް ކްރިކެޓާއި ދުވަސް ކޮޅަކަށް ދުރަށް ގޮސްފައިވާ ކަމަށެވެ. އޭނާ ކްރިކެޓްގެ ދާއިރާއިން ބްރޭކެއް ނެގީ ކައިވެންޏަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވުމުން ކަމަށް ވިރާތު ބުންޏެވެ.

ވިރާތާއި އަނުޝްކާގެ ކައިވެނީގެ އުފަލުގައި ވަނީ ދެޕާޓީއެއް ބާއްވާފައެވެ. އޭގެ ތެރެއިން އެއް ޕާޓީ ބާއްވާފައި ވަނީ އިންޑިއާގެ ނިއުދިއްލީގައެވެ. ދެވަނަ ޕާޓީ ބާއްވާފައި ވަނީ އިންޑިއާގެ މުމްބާއީގައެވެ. ދިއްލީގައި ބޭއްވި ޕާޓީގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ބައިވެރިވެވަޑައި ގަންނަވާފައެވެ. މުމްބާއީ ގައި ބޭއްވި ޕާޓީގައި ވަނީ ގިނަ އަދަދެއްގެ ފަންނާނުން ބައިވެރިވެފައެވެ.

ޚަބަރުތައް ބުނާ ގޮތުގައި އަނުޝްކާއަށް ވިރާތު ދިން އަނގޮޓީގެ އަގު އެ ދެ މީހުންގެ ކައިވެނީގެ މުނާސަބަތުގައި ބޭއްވި ޕާޓީއަށް ވުރެ ވެސް ބޮޑެވެ. އަނގޮޓީގެ އަގު 10 މިލިއަން އިންޑިއަން ރުޕީސްއަށް އަރާ ކަމަށް ޚަބަރުތައް ވަނީ ބުނެފައެވެ.

އޮސްޓްރޭލިއާ މީހަކު ފަރުމާ ކޮށްފައިވާ މި އަނގޮޓި ފައިނަލް ކުރުމަށް ގާތްގަނޑަކަށް ތިން މަސް ދުވަސް ހޭދަވި ކަމަށް ވިރާތު ވަނީ ބުނެފައެވެ.

އިޓަލީގައި އެ ދެ މީހުން ކައިވެނި ކޮށްފައިވާއިރު ކައިވެނި ހަފްލާއަށް ދައުވަތު ދީފައި ވަނީ އަނުޝްކާ އާއި ވިރާތުގެ އާއިލާގެ މީހުންނާއި އެންމެ ގާތް މީހުންނަށް އެކަންޏެވެ.

- ކޮމެންޓް