ލިބޭ އެވޯޑަކީ މީހާގެ ހުނަރު އެނގުމެއް ނޫން ކަމަށް ބޮލީވުޑްގެ ތަރި ތާޕްސީ ޕައްނޫ ބުނެފިއެވެ.
ތާޕްސޫގެ މިއަހަރު ނުކުމެފައިވާ ފިލްމުތައް ވަނީ ކާމިޔާބުވެފައެވެ. އޭނާ މިއަހަރު ފެނިގެން ގޮސްފައިވަނީ ޖުޅްވާ2 އަދި ނާމް ޝަބާނާއިންނެވެ.
އެވޯޑްތަކާއި ބެހޭގޮތުން ވާހަކަ ދައްކަމުން ތާޕްސީ ބުނީ އޭނާ ގަބޫލު ކުރާގޮތުގައި އެވޯޑް ތަކަކީ އެއްވެސް ހާލަތެއްގައި މީހެއްގެ ހުނަރުގެ އަގު ވަޒަންކުރުމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އޭނާ ކުރާ މަސައްކަތް ބަލައިގަތުމަށް އެވޯޑް ދިނުމަކީ ރަނގަޅު ކަމެއް ކަމަށް ތާޕްސީ ބުންޏެވެ.
ތާޕްސީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ހޮކީ ކުޅުންތެރިޔާ ސަންދީޕް ސިންގް ގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު ސޫރްމާ ހިމެނެއެވެ. ސަންދީޕް ސިންހް ގެ ރޯލު މި ފިލްމުގައި އަދާކުރަނީ ދިޖިލްތު ދޯސަންޖްއެވެ. ތާޕްސީ އަދާކުރަނީ މި ފިލްމުގައި ދިޖިލްތު ދޯޖަސަންގެ ލޯބިވެރިޔާގެ ރޯލެވެ.
ތާޕްސީއާއި ދިލްޖިތު ވަނީ މި ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ހޮކީ ކުޅުމަށް ތަމްރީނުތަކެއް ވެސް ނަގާފައެވެ. ތާޕްސީ ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައި ވަނީ ސަންދީޕްގެ ހަޔާތުގެ މައްޗަށް ކުޅޭ މި ފިލްމަށް އޭނާ އާނ ބަސް ބުނީ ވަރަށް އުފަލުން ކަމަށާއި އޭނާގެ ހަޔާތުގައި ކުޅިވަރަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ. އަދި ފިލްމުގެ ޝޫޓިން ކުރިއަށް ދަނީ އޭނާ އިންޑިއާއިން އެންމެ ގަޔާވާ ސަރަހައްދު ކަމަށްވާ ޕަންޖާބުގައި ކަމަށް ތާޕްސީ ދިން އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ.
ޝާޑް އަލީ ޑައިރެކްޓު ކުރާ ސޫރްމާ ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހުގައެވެ.