ކ. މާލެ
|
27 ޑިސެންބަރ 2017 | ބުދަ 19:03
މީހަކު މަރުވެފައިވާ ސަރަހައްދެއްގައި ފުލުހުންނާ އާންމުންތަކެއް ހަރަކާތްތެރި ވަނީ
މީހަކު މަރުވެފައިވާ ސަރަހައްދެއްގައި ފުލުހުންނާ އާންމުންތަކެއް ހަރަކާތްތެރި ވަނީ
ރާއްޖެއެމްވީ
ލަންކާ-ރާއްޖެ
ޑަސުން ތަރަންގާ ގެ ލޯބިވެރިޔާ ތަހުގީގަށް ހާޒިރު ކޮށްދިނުމަށް މައްސަލަ ތަހުގީގު ކުރަމުންދާ ކޮރޮނާ ފުލުހުންނަށް އަމުރުކޮށްފި
ޑަސުން ތަރަންގާ ރާއްޖެއަށް އައިސްފައިވަނީ އޭނާގެ ލޯބިވެރިޔާ އާ އެކު ޑިސެމްބަރު 16 ވަނަ ދުވަހު

މި ހިނގާ ޑިސެމްބަރު މަހު ރާއްޖެއަށް ކުރި ދަތުރެއްގައި މަރުވި ސްރީ ލަންކާގެ ރައްޔިތެއް ކަމަށްވާ ހަވަރަގޮޑާ ކުރުއްޕުގެ ޑަސުން ތަރަންގާ ގެ ލޯބިވެރިޔާ ތަހުގީގަށް ހާޒިރު ކޮށްދިނުމަށް، މި މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކޮރޮނާ ލަންކާގެ ފުލުހުންނަށް އަމުރުކޮށްފައިވާ ކަމަށް ލަންކާގެ ނޫހެއް ކަމަށްވާ ޑެއިލީމިރާ އިން ބުނެފިއެވެ.

ލަންކާގެ ނެގޮމްބޯ ސިޓީގެ ކޮރޮނާ ޑރ ސިރީ ޖަޔަންތާ ވިކްރަމަރަތްނަ ލަންކާގެ ފުލުހުންނަށް، ހަވަރަގޮޑާ ކުރުއްޕުގެ ޑަސުން ތަރަންގާ ގެ ލޯބިވެރިޔާ ތަހުގީގަށް ހާޒިރު ކޮށްދިނުމަށް އަމުރުކުރި އިރު، ޑަސުން ތަރަންގާ ރާއްޖެއަށް އައިސްފައި ވަނީ އޭނާގެ ލޯބިވެރިޔާ އާއެކުގައެވެ.

ލަންކާގެ ޑެއިލީމިރާ އިން ބުނީ މިހާތަނަށް ކުރި ތަހުގީގުން ޑަސުން ތަރަންގާ މަރުވާން ދިމާވި ސަބަބެއް ނޫނީ ސަބަބުތަކެއް އެނގިފައި ނުވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކޮރޮނާ ގަބޫލު ކުރައްވާގޮތުން ޑަސުން ތަރަންގާގެ ލޯވިވެރިޔާގެ ބަޔާނެއް އޮންނަން ވާނީ ރިކޯޑު ކުރެވިފައެވެ.

އުމުރުން 33 އަހަރުގެ ހަވަރަގޮޑާ ކުރުއްޕުގެ ޑަސުން ތަރަންގާ އަކީ ކޮލަމްބޯގެ ސަބަބެއް ކަމަށްވާ ބަޓްޓަރަމުއްލާ އަށް ނިސްބަތްވާ ފަރާތެކެވެ.

ޑަސުން ތަރަންގާ ރާއްޖެއަށް އައިސްފައި ވަނީ އޭނާގެ ލޯބިވެރިޔާ އާ އެކު ޑިސެމްބަރު 16 ވަނަ ދުވަހު ކަމަށާއި އަދި ޑަސުން ތަރަންގާ މަރުވެފައި ވަނީ ރާއްޖެ އައިތާ ހަތަރު ދުވަސް ފަހުން ކަމަށް ޑެއިލީމިރާ ގައި ބުނެފައިވެއެވެ.

ޑަސުން ތަރަންގާ އަކީ އިންޝިއުރެންސް ކުންފުންޏެއްގައި މަސައްކަތް ކުރި މީހެކެވެ. އަދި މަރުވިއިރު ޑަސުން ތަރަންގާ އަކީ ކޮލެސްޓްރޯލް މަތިވުމުގެ ސަބަބުން އެކަމަށް ފަރުވާ ހޯދަމުންދިޔަ މީހެކެވެ.

ޑަސުން ތަރަންގާގެ ހަށިގަނޑުގެ ޕޯސްޓްމޯޓެމް ހެދި ނެގޮމްބޯ ޖެނެރަލް ހޮސްޕިޓަލުގެ ޖޫނިއާ މެޑިކަލް އޮފިސާ އެމް އެން ރަހުލްހަކް ބުނެފައި ވަނީ ޑަސުން ތަރަންގާ މަރުވެފައި ވަނީ ގެބިގެން ކަމަށެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް