ކ. މާލެ
|
27 ޑިސެންބަރ 2017 | ބުދަ 11:37
ސިދާތު މަލޯތުރާ
ސިދާތު މަލޯތުރާ
ގެޓީ އިމޭޖަސް
ސިދާތު މަލޯތުރާ
އެކްޓަރަކަށް ވާން ބޭނުން ކަމަށް ބުނުމުން ބައެއް މީހުން މަލާމާތްކޮށް ހެދި: ސިދާތު މަލޯތުރާ
އޭނާގެ އެންމެ ފަހުގެ ފިލްމު އައްޔާރީ ސިނަމާތަކަށް އަންނާނީ އަންނަ ޖެނުއަރީމަހުގެ 26 ވަނަ ދުވަހުގައި

ބޮލީވުޑްގެ ތަރި ސިދާތު މަލޯތުރާގެ އެންމެ ފަހުގެ ފިލްމު "އައްޔާރީ" ސިނަމާތަކަށް އަންނާނީ އަންނަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުގައެވެ.

އެ ފިލްމު ޝޫޓްކޮށް މިހާރު ވަނީ ކުރަންޖެހޭ ހުރިހާ މަސައްކަތެއްކޮށް ނިމިފައެވެ. ނީރަޖް ޕާންޑޭ ޑައިރެކްޓްކުރާ މިފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސިދާތު ބުނީ އޭނާ އެ ފިލްމަށް އާނއެކޭ ބުނީ ނީރަޖަކީ މޮޅު ވާހަކަ ލިޔުންތެރިއެއް ކަމަށް ވުމާއި ކުރާ ކޮންމެ މަސައްކަތެއް ވެސް ވަރަށް ފުރިހަމަ ވާނެތީ ކަމަށެވެ. ނީރަޖްގެ ފިލްމްތަކުގެ ތެރޭގައި "އަ ވެނިސްޑޭ" އާއި "އެމްއެސް ދޯނީ"، "ސްޕެޝަލް 26" އަދި "ބޭބީ" ފާހަގަކޮށްލެވެއެވެ.

 "އައްޔާރީ"ގައި ސިދާތު ކުޅެނީ ސިފައިންގެ އޮފިސަރެއްގެ ރޯލެވެ.

ސިދާތުގެ ސްޓްރެންތަކީ ކޮބައިތޯ އެހުމުން އޭނާ ބުނީ އެއީ އޭނާގެ ބެކްގްރައުންޑް ކަމަށެވެ. އޭނާ ވާން ބޭނުން ވަނީ ހީރޯއަކަށް ކަމަށް ބުނުމުން ބައެއް މީހުން ކުރިން ހީ މަލާމާތް ކުރި ކަމަށް ސިދާތު ބުންޏެވެ. އެހެން ނަމަވެސް އެމީހުން މިހާރު މަލާމާތް ނުކުރާ ކަމަށާއި އޭނާގެ ފިލްމު "އޭކް ވިލަން" ކާމިޔާބު ފިލްމަކަށް ވުމުން އޭރު ހިތްހަމަ ޖެހުނު ކަމަށް ސިދާތު ބުންޏެވެ. އެހެން ކަމުން ކާމިޔާބު ވާނީ ކޮންކަމެއްތޯ ނުވަތަ ނޫންތޯ ބުނާކަށް ނޭނގޭނެ ކަމަށް ސިދާތު ބުންޏެވެ.

"އައްޔާރީ" އަކީ އިންޑިއާގެ އަސްކަރިއްޔާގެ ތެރޭގައި ހިމެނޭ ކަރަޕްޝަންގެ މައްސަލައަކަށް ބިނާކޮށް ހަދާ ފިލްމެކެވެ. މި ފިލްމުގައި ސިދާތުގެ އިތުރުން ފެނިގެންދަނީ މަޝްހޫރު ތަރިން ކަމަށްވާ ނަސީރުއްދީން ޝާހް އާއި މަނޯޖް ވަޖްޕާއީ އަދި އަނޫޕަމް ކޭރްއެވެ. މީގެ އިތުރުން ޕޫޖާ ޗޮޕްޅާ ވެސް މި ފިލްމުން ފެނިގެން ދާނެއެވެ.

މި ފިލްމަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ މި ފިލްމް ސިނަމާތަކަށް އަންނަ ދުވަހާ އަކްޝޭ ކުމާރުގެ "ޕެޑްމޭން" ދިމާވުމެވެ. މި ދެ ފިލްމް އެކުއެކީގައި އަޅުވާއިރު އަކްޝޭގެ ފިލްމަކީ ގިނަ ބަޔަކު މިހާރު ވެސް އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ. 

- ކޮމެންޓް