ކ. މާލެ
|
27 ޑިސެންބަރ 2017 | ބުދަ 08:30
ސިނާއީ ވެގެންް ގޮސްފައިަވަނީ ހަނގުރާމެވެރިންގެ ހާއްޔަކަށް
ސިނާއީ ވެގެންް ގޮސްފައިަވަނީ ހަނގުރާމެވެރިންގެ ހާއްޔަކަށް
އޭޕީ
މިސްރުގެ ހަމަނުޖެހުން
މިސްރުގެ ސިނާއިގައި 2013 ވަނަ އަހަރު ހަމަލާދިން ކަމަށް ސާބިތުވި 15 މީހަކު ދަންޖައްސައިފި
މިއީ 2015ވަނަ އަހަރަށްފަހު އެ ގައުމުގައި މިހާ ގިނަ ބަޔަކަށް އެއްފަހަރާ މަރުގެ އަދަބު ދެވުނު ފުރަތަމަ ފަހަރު

މިސްރުގެ ސިނާއި ޕެނިންސިއުލާގައި 2013 ވަނަ އަހަރު ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ހަމަލާދިން ކަމަށް ސާބިތުވި 15 މީހަކު ދަންޖައްސައިފި ކަމަށް އެގަމުގެ އިދާރާތަކުން ބުނެފިއެވެ.

މި މީހުންގެ މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ އެ ގައުމުގެ އުތުރުގެ ސަރަހައްދެއްގައި އެމީހުން ބައިތިއްބާފައި ތިބި ދެ ޖަލުގައި އަންގާރަ ދުވަހުއެވެ.

އެ މީހުންގެ މައްޗަށް ވަނީ ސިފައިން މެރުމާއި މީހުން މަރަން އުޅުމާއި އަދި އަސްކަރިއްޔާގެ ވެހިކަލް ހަލާކުކުރިކަން ސާބިތުވެފައެވެ.

މިއީ 2015 ވަނަ އަހަރު އެ ގައުމުގައި ހަނގުރާމަވެރިންތަކެއް ދަންޖައްސައިގެން މަރުގެ އަދަބު ދިންފަހުން މިގޮތަށް މިހާ ގިނަ ބަޔަކަށް އެއްފަހަރާ މަރުގެ އަދަބުދެވުނު ފަހަރެވެ.

އުތުރު ސިނާއިގައި ހަނގުރާމަވެރިންނާއި މިސްރުގެ ސަލާމަތީ ބާރުތަކާއި ދެމެދު ކުރިމަތިލުންތައް ހިނގާތާ މިހާރު ތިން އަހަރު ވެފައިވާއިރު، ހަނގުރާމަވެރިންގެ ޙަމަލާތަކުގައި ސިފައިންނާއި ފުލުހުންގެ އެތައް ބަޔަކު މަރުވެފައިވެއެވެ.

ހަނގުރާމަވެރިންގެ ހާއްޔަކަށްވެފައިވާ މިސްރުގެ ސިނާއި ސަރަހައްދު އެޤައުމުގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނައުމަށް އަސްކަރިއްޔާއަށް ތިން މަސްދުވަހުގެ މުހުލަތެއް ރައީސް އަބްދުލްފައްތާޙު އަލްސީސީ ވަނީ  ދެއްވާފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް