ކ. މާލެ
|
26 ޑިސެންބަރ 2017 | އަންގާރަ 23:17
ލައިބީއިރާގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދެވި ކުރީގެ ފުޓްބޯޅަ ތަރި ޖޯޖް ވިއާ (ކ) އަދި ނައިބު ރައީސް ޖޯސެފް ބޯކާއި
ލައިބީއިރާގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދެވި ކުރީގެ ފުޓްބޯޅަ ތަރި ޖޯޖް ވިއާ (ކ) އަދި ނައިބު ރައީސް ޖޯސެފް ބޯކާއި
އޭއެފްޕީ
ލައިބީރިޔާގެ ރިޔާސީ އިންތިޚާބު
ލައިބީރިޔާގެ އިންތިޚާބުގެ ދެވަނަ ބުރު: މިހާރުގެ ނައިބް ރައީސްއާ ދެކޮޅަށް ކުރީގެ ފުޓްބޯޅަ ތަރި
އިންތިޚާބުގެ ވޯޓުލުން ފަސް ކުރުމަށް އަމުރު ނެރުނީ، ދެވަނަ ބުރުގެ ވޯޓަށް އެއް ދުވަހަށް ވެފައިވަނިކޮށް
އޮމާންކަމާއެކު ބާރުތައް ބަދަލުވެގެންދާ ފުރަތަމަފަހަރަށް މި ފަހަރު ވެދާނެކަމަށް ވަނީ ބެލެވިފައި

ލައިބީރިޔާގެ ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ވޯޓުލުން  ބައެއް ސަރަހައްދުތަކުގައި ނިންމާލައިފިއެވެ.

އޮކްޓޯބަރު މަހުގެ ކުރީކޮޅު ބޭއްވި ލައިބީރިއާގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދަވައި، ދެވަނަ ބުރުގައި ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންނަކީ ނައިބު ރައީސް ޖޯސެފް ބޯކާއި އަދި ކުރީގެ ބައިނަލްއަޤްވާމީ ފުޓްބޯޅަ ކުޅުންތެރިޔާ ޖޯޖް ވިއާ އެވެ.

އުމުރުފުޅުން 51 އަހަރުފުޅުގެ ވިއާ ފުރަތަމަ ބުރުގައި ކުރި ހޯއްދެވި  ނަމަވެސް އިންތިޚާބު ކާމިޔާބު ކުރުމަށް ހޯއްދަވަން ޖެހިވަޑައިގަންނަވާ 50 އިއްސަތަ ލިބިވަޑައިގެންފައެއް ނުވެއެވެ.

ނައިބު ރައީސްކަމުގެ މަގާމުގައި 12 އަހަރު ހޭދަކުރައްވާފައިވާ އުމުރުން 73 އަހަރުފުޅުގެ ޖޯސެފް ބޯކާއި ދެވަނަ ބުރަށް ވަޑައިގެންނެވި ނަމަވެސް މިހާރުގެ ރައީސްގެ ތާއީދު ލިބިވަޑައިގެންފައެއް ނުވެއެވެ.

އެފްރިކާގެ ގައުމެއްގައި އިންތިޚާބަކުން ވެރިކަމުގައި ހުންނެވި ފުރަތަމަ  އަންހެން ރައީސް އެލެން ޖޯންސަން ސަރލީފްގެ ވެރިކަން މި އިންތިޚާބަށް ފަހު ބަދަލުވެގެންދާއިރު ވޯޓްގެ ކަންކަން ލަސްވެފައި ވަނީ ޝަރުއީ މަރުހަލާގެ ތެރެއިންނެވެ.

އެލެން ޖޯންސަން ސަރލީފްގެ ވެރިކަން 2006 ވަނަ އަހަރު ފެށުނުއިރު އެކަމަނާ އަކީ އެ ގައުމުގެ 24 ވަނަ ރައީސްއެވެ.

ލައިބީރިއާގެ ޤާނޫނު އަސާސީ ބުނާ ގޮތުން، އެގައުމުގައި އެކަކަށް ވެރިކަން ކުރެވޭނީ ގިނަވެގެން ހަ އަހަރުގެ ދެ ދައުރެވެ.

މި ދެ ކެންޑިޑޭޓުންގެ މެދުގައި ބޭއްވި އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފުރަތަމަ ތާވަލް ކުރީ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހަށެވެ.

ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ފެށުމަށް އެއް ދުވަހަށް ވެފައިވަނިކޮށް، ލައިބީރިއާގެ ސުޕްރީމް ކޯޓުން ވަނީ، އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓަށް މަކަރު ހެދުމާއި، ގަވާއިދުގެ ބޭރުން ކަންކަން ހިންގާފައިވާ ކަމަށް ބުނެ އިދިކޮޅު ލިބަޓީ ޕާޓީން ހުށަހަޅާފައިވާ ޝަކުވާ އަށް ޤާނޫނީ ގޮތުން ގޮތެއް ނިންމަންދެން އިންތިޚާބު ފަސް ކުރުމަށް ނެޝަނަލް އިލެކްޝަންސް ކޮމިޝަނަށް އަމުރުކޮށްފަ އެވެ.

އަންގާރަ ދުވަހު ކުރިޔަށް ދިޔަ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓްލާން ނުކުތް މީހުންގެ އަދަދު މަދުކަމަށް ފެނުނު ނަމަވެސް ނަތީޖާތަކަށް ބަލާއިރު ވޭތުވެ ދިޔަ 73 އަހަރުގެ ތެރޭގައި އޮމާންކަމާއެކު ބާރުތައް ބަދަލުވެގެންދާ ފުރަތަމަ ފަހަރަށް މި ފަހަރު ވެދާނެ ކަމަށް ވަނީ ބެލެވިފައެވެ.

އެމެރިކާގެ އަތްދަށުން 19 ވަނަ ގަރުނުގެ ތެރޭ މިނިވަންވި އަޅުން އުފައްދާފައިވާ މި ގައުމުގެ 4.6 މިލިއަން މީހުންގެ ތެރެއިން ދެ މި ލިއަނަށް ވުރެ ގިނަ މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިގެންވެއެވެ.

ލައިބީރިއާގެ މި އިންތިޚާބު ވެގެންދާނީ 1944 ވަނަ އަހަރުގެ ފަހުން ޑިމޮކްރަސީގެ ހަމަތަކުގެ މަތިން އިންތިޚާބުވެފައިވާ އެއް ވެރިޔަކު، އިންތިޚާބުވެފައިވާ އެހެން ވެރިޔަކަށް ވެރިކަން ބަދަލުވާ ފުރަތަމަ ފަހަރަށެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްލަ 20 ކެންޑިޑޭޓެއް ރިޔާސީ ރޭހުގައި ވާދަކުރެއްވިއިރު، އެފަރާތްތަކުގެ ތެރޭގައި ލިބަޓީ ޕާޓީގެ ޗާލްސް ބްރަމްސްކައިން ހިމެނެއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް