ކ. މާލެ
|
26 ޑިސެންބަރ 2017 | އަންގާރަ 18:08
ކަޝްމީރުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން
ކަޝްމީރުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން
ގޫގުލް
ކަޝްމީރު ހަމަނުޖެހުން
ކަޝްމީރުގެ އިންޑިއާ އާ ވީ ފަޅިން ދިން ހަމަލާތަކެއްގައި ޕާކިސްތާނުގެ ތިން ސިފައިން މަރުވެފައިވާ ކަމަށް އެގައުމުން ބުނެފި
ކަޝްމީރުގެ އިންޑިއާ އާ ވީ ފަޅިއަށް ހޮނިހިރު ދުވަހު ޕާކިސްތާނުން ދިން ހަމަލާތަކެއްގައި އިންޑިއާ ގެ ހަތަރު ސިފައިންގެ މީހަކު މަރުވެފައިވާ ކަމަށް އިންޑިއާ އިން ވަނީ ބުނެފައި

އިންޑިއާގެ އަސްކަރިއްޔާ އިން ދިން ހަމަލާތަކެއްގައި ޕާކިސްތާނުގެ ތިން ސިފައިން މަރުވެފައިވާ ކަމަށް ޕާކިސްތާނުން ބުނެފިއެވެ.

އިންޑިއާ ސިފައިން ގެ ހަމަލާތަކެއްގައި މަރުވެފައިވާ ޕާކިސްތާނުގެ ސިފައިން މަރުވީ ޕާކިސްތާނުގެ ވެރިކަން ކުރާ ކަޝްމީރު ފަޅީގައި ކަމަށާއި ހާދިސާ ހިނގީ ރަކްޝިކްރީ ސަރަހައްދުގައި ކަމަށް، ޕާކިސްތާނުގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ ތިން ސިފައިންގެ މީހަކު މަރުވެފައިވާ ކަމަށް އެގައުމުން ބުނާއިރު، ކަޝްމީރުގެ އިންޑިއާ އާ ވީ ފަޅިއަށް ހޮނިހިރު ދުވަހު ޕާކިސްތާނުން ދިން ހަމަލާތަކެއްގައި އިންޑިއާ ގެ ހަތަރު ސިފައިންގެ މީހަކު މަރުވެފައިވާ ކަމަށް އިންޑިއާ އިން ވަނީ ބުނެފައެވެ.

ކަޝްމީރުގެ، އިންޑިއާ އާއި ޕާކިސްތާނަށް ނިސްބަތްވާ ސަރަހައްދުން، އެއްގައުމުން އަނެއް ގައުމުގެ ސަރަހައްދަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް 2003 ގައި އެއްބަސްވިއެވެ. އެހެނަސް އެ އެއްބަސްވުމަކަށް އެއްވެސް ގައުމަކުން އަމަލު ނުކުރެއެވެ.

އިންޑިއާ އާއި ޕާކިސްތާނަށް 1947 ވަނަ އަހަރު މިނިވަންކަން ލިބުނުފަހުން މިހާތަނަށް ތިން ހަނގުރާމައެއް ކޮށްފައިވާއިރު އޭގެތެރެރެއިން ދެ ހަނގުރާމަކޮށްފައިވަނީ ކަޝްމީރުގެ މައްސަލައިގައެވެ. މުޅި ކަޝްމީރަކީ ޕާކިސްތާނަށް ނިސްބަތްވާ ސަރަހައްދެއް ކަމަށް އެގައުމުން ބުނާއިރު އިންޑިއާ އިންވެސް ބުނަމުން ދަނީ ހަމައެހެންނެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް