ކ. މާލެ
|
26 ޑިސެންބަރ 2017 | އަންގާރަ 12:00
ޕެޑްމޭންގެ ޕޯސްޓަރެއް
ޕެޑްމޭންގެ ޕޯސްޓަރެއް
ގެޓީ އިމޭޖަސް
ޕެޑްމޭންް
ޕެޑްމޭން: އަންނަ މަހުގެ 26 ގައި
މި ފިލްމު ޑައިރެކްޓް ކޮށްފައި ވަނީ އާރު ބަލްކީ

ހެޔޮ އަގުގައި އަންހެން ވެރިންނަށް ޕެޑް ފޯރުކޮށްދިނުމުގެ މަގްސަދުގައި ޕެޑް ހަދާ މެޝިނެއް އުފެއްދި އަރޫނާޗަލަމް މުރުގަނަންތަމްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމު "ޕެޑްމޭން" ނެރޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

"ޕެޑްމޭން" ގައި އަރޫނާޗަލަމް މުރުގަނަންތަމްގެ ރޯލު ކުޅެފައި ވަނީ ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރެވެ.

މިހާތަނަށް މި ފިލްމުގެ ދެތިން ޕޯސްޓަރ ވަނީ އާންމު ކޮށްފައެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދަނީ އަކްޝޭގެ އިތުރުން ސޯނަމް ކަޕޫރު އަދި ރާދިކާ އަޕްޓޭ އެވެ. އަދި މީގެ އިތުރުން އަމީތާބް ބައްޗަން ފިލްމުގެ ޚާއްސަ ރޯލަކުން ފެނިގެންދާނެއެވެ. މި ފިލްމަކީ ގޯރީ ޝިންޑޭއާ އެކު އަކްޝޭގެ އަންހެނުން ޓްވިންކަލް ކަންނާ ޕްރޮޑަކްޝަން އިން އުފައްދާ ފިލްމެކެވެމި ފިލްމު ޑައިރެކްޓް ކޮށްފައި ވަނީ އާރު ބަލްކީއެވެ.

ފިލްމުގެ ޝޫޓިން ފަށާފައި ވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ. ޝޫޓް ކޮށްފައި ވަނީ އިންޑިއާގެ ދިއްލީގައެވެ. އަކްޝޭ މީގެ ކުރިން ކުޅެފައިވާ ފިލްމަކީ "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" އެވެ. އެފިލްމަށް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. "ޕެޑްމޭން" އަކީ ވެސް ގިނަ ބަޔަކު އިންތިޒާރުކުރާ ފިލްމެކެވެ. 

 

- ކޮމެންޓް