ކ. މާލެ
|
26 ޑިސެންބަރ 2017 | އަންގާރަ 09:36
ސެލްޓިކް އަށް ކުޅެމުން އަންނަ މޫސާ ޑެމްބެލޭ
ސެލްޓިކް އަށް ކުޅެމުން އަންނަ މޫސާ ޑެމްބެލޭ
ޓްވިޓަރ
މޫސާ ޑެމްބެލޭ
ޑެމްބެލޭ ހޯދަން ބްރައިޓަން އިން ހުށަހެޅި ބިޑް ސެލްޓިކް ބަލައިގެންފި
ބްރައިޓަން އިން ވަނީ ޑެމްބެލޭ ހޯދުމަށް 18 މިލިއަން ޕައުންޑު ހުށަހަޅާފައި

ސެލްޓިކް އަށް ކުޅެމުން އަންނަ ފްރާންސްގެ ސްޓްރައިކާ މޫސާ ޑެމްބެލޭ ހޯދުމަށް ޕްރިމިއާ ލީގުގެ ބްރައިޓަން އިން ހުށަހެޅި ބިޑް ސެލްޓިކުން ބަލައިގެންފިކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްކައި ސްޕޯޓްސް އިން ބުނީ ޑެމްބެލޭ ހޯދުމަށް ބްރައިޓަން އިން 18 މިލިއަން ޕައުންޑު ހުށަހަޅާފައިވާ ކަމަށާއި، އެ ހުށަހެޅުން ސެލްޓިކުން ގަބޫލުކޮށްފައިވާ ކަމަށެވެ.

އުމުރުން 21 އަހަރުގެ ޑެމްބެލޭ ހޯދުމަށް ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރޭގައި ޗެލްސީ އަދި އާސެނަލްވެސް ހިމެނެއެވެ. އެހެންނަމަވެސް އޭނާ ބަދަލުވާނެ ކްލަބެއް އަދި ކަށަވަރެއް ނުވެއެވެ.

ފުލަމް އިން ކެރިޔަރު ފެށި ޑެމްބެލޭ ވަނީ އެޓީމަށް ތިން ސީޒަނުގައި ކުޅެފައެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 64 މެޗުގައި 19 ލަނޑު ކާމިޔާބުކޮށްފައެވެ.

ފުލަމް ދޫކޮށްލުމަށްފަހު ޑެމްބެލޭ ސެލްޓިކް އަށް ބަދަލުވީ މިދިޔަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 67 މެޗުގައި 40 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު ސްކޮޓިޝް ޕްރިމިއާޝިޕް، ސްކޮޓިޝް ލީގް ދެފަހަރު އަދި ސްކޮޓިޝް ކަޕް ކާމިޔާބުކޮށްފައެވެ.

ފްރާންސްގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ޑެމްބެލޭ އަންނަނީ 16 އަހަރުން ފެށިގެން ގައުމީ ޓީމުން ބަރާބަރަށް ޖާގަ ހޯދަމުންނެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް