ކ. މާލެ
|
26 ޑިސެންބަރ 2017 | އަންގާރަ 10:20
ސަލްމާން ޚާން
ސަލްމާން ޚާން
ގޫގުލް
ސަލްމާން ޚާން
ކާމިޔާބަކީ ވަކި މީހަކު ފިލްމެއްގައި އުޅެގެންވާ ކަމެއް ނޫން: ސަލްމާން
ޓިއުބްލައިޓަކީ އޭނާގެ ނާކާމިޔާބު ފިލްމެއް ކަން ގާބޫލުކުރޭ
ބެލުންތެރިން އޭނާ ބަލައިގަންނަނީ އެކްޝަން މަންޒަރު ފެންނަ ފިލްމުތަކުން

ފިލްމު ކާމިޔާބުކަމާ އެކީ ހިނގާނީ ވަކި މީހަކު އެ ފިލްމެއްގައި އުޅުމުން ނޫން ކަމަށް ބޮލީވުޑްގެ ތަރި ސަލްމާން ޚާން ބުނެފިއެވެ.

"ޓައިގާ ޒިންދާހޭ"ގެ ކާމިޔާބީއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސަލްމާން ބުނީ ފިލްމެއް ކާމިޔާބު ވާނީ ވަކި އޭނާ އުޅެގެން ނޫން ކަމަށާއި އެ އެ ފިލްމުގައި ކުޅުނު ބައި ބެލުންތެރިން ބަލައިގަތުމުން ކަމަށެވެ. 

ސަލްމާން ބުނީ އޭނާ އުޅޭ ފިލްމުތަކުން ފޭނުން ބޭނުން ވަނީ އުފާވެރި ހިތްހަމަ ޖެހޭ ވަގުތެއް ހޭދަކުރަން ކަމަށާއި އެހެން ނަމަވެސް އޭނާގެ އެންމެ ނާކާމިޔާބު ފިލްމު "ޓިއުބްލައިޓް"ގައި ފެނިގެން ދިޔައީ އެއާ މުޅިން އިދިކޮޅު ރޯލަކުން ކަމަށެވެ. "ޓިއުބްލައިޓް"އަކީ އޭނާގެ ނާކާމިޔާބީކަން ގަބޫލުކުރަމުން ސަލްމާން ބުނީ ކިތަންމެ މަޝްހޫރު މީހަކު އުޅޭ ފިލްމަކަށް ވިޔަސް ކާމިޔާބު ފިލްމަކަށް ވާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ.

ސަލްމާން ބުނީ އޭނާ ރޯ މަންޒަރު ފެންނަ ފިލްމުތަކަށް ބެލުންތެރިންގެ ސަޕޯޓު ކުޑަ ކަމަށެވެ. އެއީ މިހާތަނަށް އޭނާގެ ފޭނުންގެ ސަޕޯޓު ލިބިފައި ވަނީ އަދި ބަލައިގެންފައި ވަނީ އެކްޝަން ފިލްމުތަކުން ކަމަށް ވާތީ ކަމަށް ސަލްމާން ބުންޏެވެ.
މިހާރު ސިނަމާތަކުގައި އެންމެ ހިނގާ އެއް ފިލްމަކީ މިމަހުގެ 22 ވަނަ ދުވަހު ނިކުތް ސަލްމާންގެ "ޓައިގާ ޒިންދާހޭ" އެވެ. އެ ފިލްމު އެޅުވުމުގެ ކުރިން ގިނަ ޝޯތަކެއް ހައުސް ފުލްވެ، ގިނަ ބައެއްގެ ތަރުހީބު ދަނީ އެ ފިލްމަށް ލިބެމުންނެވެ. މި ފިލްމުގައި ސަލްމާންގެ އިތުރުން ހަރަކާތްތެރި ވަނީ ކެޓްރީނާ ކައިފްއެވެ. "ޓައިގާ ޒިންދާހޭ" އަކީ މީގެ ކުރިން ނިކުތް "އޭކްތާ ޓައިގާ"ގެ ދެވަނަ ބައެވެ. އެ ފިލްމުގައި ވެސް ސަލްމާނާއި ކެޓްރީނާ ވަނީ ފެނިގެން ގޮސްފައެވެ.

 

- ކޮމެންޓް