ކ. މާލެ
|
25 ޑިސެންބަރ 2017 | ހޯމަ 10:56
ޓައިގާ ޒިންދާހޭގެ ޕޯސްޓަރ
ޓައިގާ ޒިންދާހޭގެ ޕޯސްޓަރ
އިންޑިއަން އެކްސްޕްރެސް
ޓައިގާ ޒިންދާހޭ
ޓައިގާ ޒިންދާހޭ: އަހަރުގެ އެންމެ ކާމިޔާބު ފިލްމު؟
މި ފިލްމަށް ވަނީ ދެދުވަހުން 69.40 ކުރޯޑް އިންޑިއަން ރުޕީސް ލިބިފައި

"ޓައިގާ ޒިންދާހޭ" ސިނަމާތަކަށް އައިސްފައި ވަނީ މިދިޔަ ހުކުރު ދުވަހުގައެވެ.

މި ފިލްމަށް މިހާތަނަށް ވަނީ ދެ ދުވަހުން އެކަނި ވެސް 69.40 ކުރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ. ފުރަތަމަ ދުވަހު ލިބިފައި ވަނީ 34.50 ކްރޯޑު (3.4 ބިލިއަން ރުޕީސް) އެވެ. އަދި ދެވަނަ ދުވަހު ލިބިފައިވަނީ 35.30 ކުރޯޑް ރުޕީސްއެވެ.

ދެ ދުވަހުގެ އާމްދަނީއާ އެކު 69.40 ކްރޯޑު ރުޕީސްއަށް ވަނީ އަރާފައެވެ. ފިލްމު އެޅުވުމުގެ ކުރިން ވެސް މި ފިލްމުގެ ގިނަ ޝޯތަކެއްގެ ވަނީ ހައުސް ފުލްވެފައެވެ. ކޮންމެ ދުވަހަކު ވެސް މި ފިލްމަށް މިހާބޮޑު އާމްދަނީއެއް ލިބޭ ނަމަ މި ފިލްމު ވެގެންދާނީ މިއަހަރުގައި ނިކުތް އެންމެ ކާމިޔާބު އެއް ފިލްމަށެވެ.

"ޓައިގާ ޒިންދާހޭ" އަކީ 2012 ގައި ސަލްމާނާއި ކެޓްރީނާ ކުޅުނު ފިލްމް "އޭކް ތަ ޓައިގާ" ގެ ދެވަނަ ބައެވެ. އެ ފިލްމް ޑައިރެކްޓްކޮށްފައި ވަނީ ކަބީރް ޚާނެވެ. އެ ފިލްމަށް ވަނީ 325 ކުރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ. އެ ފިލްމަށް 75 ކުރޯޑް ރުޕީސް ހަރަދުކޮށްފައި ވެއެވެ.

ސަލްމާން ހާން މި ފިލްމުގައި ފެންނަނީ ކުރީގެ ފިލްމުގައި ވެސް ފެނިގެން ދިޔަ އިންޑިއާގެ ޖާސޫސީ އިދާރާ ކަމަށްވާ ރޯގައި މަސައްކަތްކުރާ އެޖެންޓެއްގެ ގޮތުގައެވެ. އަދި ކެޓްރީނާ ފެނިގެން ދާނީ ޕާކިސްތާނުގެ ޖާސޫސީ އިދާރާގައި މަސައްކަތްކުރާ ސްޕައި އެޖެންޓެއްގެ ރޯލުންނެވެ. މި ފިލްމަކީ ޔާޝް ރާޖް ފިލްމް (ވައިއާރްއެފް) އިން އުފައްދާފައިވާ ފިލްމެކެވެ.

- ކޮމެންޓް