އދ. ގެ މައި ބަޖެޓުން 285 މިލިއަން ޑޮލަރު އުނިކުރުމަށް ނިންމި ނިންމުމާ ގުޅިގެން އެކަމަކީ" ރަނގަޅު މިސްރާބަށް އެޅުނު ފިޔަވަޅެއް" ކަމަށް ވިދާޅުވެ އެމެރިކާއިން އާދީއްތަ ދުވަހު އެކަމަށް ތައުރީފުކޮށްފިއެވެ.
އދ. ގެ އާއްމު މަޖިލީހުން ވަނީ 2018-2019 އަށް 5.396 ބިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ފާސްކޮށްފައެވެ. މިއީ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓަރެސް އުއްމީދު ކުރެއްވި 5.4 ބިލިން ޑޮލަރަށް ވުރެ ކުޑަ އަދަދެކެވެ.
އެމެރިކާއަކީ އދ. އަށް އެންމެ ބޮޑަށް ފަންޑުކުރާ ގައުމު ކަމަށްވާ އިރު މައި ބަޖެޓުގެ 22 އިންސައްތަ އެހީ ފޯރުކޮށްދެނީ އެ ގައުމުންނެވެ.
އެމެރިކާއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ނިކީ ހޭލީ ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވީ އދ. ގެ "މަސައްކަތުގެ ފެންވަރު ދަށްވެ އިތުރަށް ޚަރަދު ކުރަމުން ދިއުމަކީ" އާއްމު ކަމެއް ކަމަށެވެ.
އދ. ގެ ހިންގުމުގެ ބަޖެޓަކީ ސުލްހަ ބެލެހެއްޓުމަށް ކުރާ ޚަރަދާ ވަކިން ކުރެވޭ ޚަރަދެކެވެ. އެމެރިކަގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ފިއްތުންތަކާ ހެދި އެ ބެޖެޓުން ވެސް މި އަހަރު ވަނީ 600 މިލިއަން އެމެރިކާ ޑޮލަރު އުނިކޮށްފައެވެ.
ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ހުށަހެޅުއްވި ބަޖެޓަކީ 2016-2018 ގެ ބަޖެޓަށް ވުރެ 200 މިލިއަން ޑޮރު ދަށްކޮށް ހުށަހަޅުއްވާފައިވާ ބަޖެޓެކެވެ.