ކ. މާލެ
|
25 ޑިސެންބަރ 2017 | ހޯމަ 08:52
ހައްޔަރުކުރެވިފައިވާ ފަރާތްތަކުގެ އާއިލާތަކުން އެމީހުން ދޫކޮށްލާތީ އިންތިޒާރުގައި
ހައްޔަރުކުރެވިފައިވާ ފަރާތްތަކުގެ އާއިލާތަކުން އެމީހުން ދޫކޮށްލާތީ އިންތިޒާރުގައި
އީޕީއޭ
ވެނެޒުއޭލާ މުޒާހަރާތައް
ވެނެޒުއޭލާގެ ސަރުކާރާ ދެކޮޅު 80 އެކްޓިވިސްޓުން ޖަލުން މިނިވަންކުރަނީ
ސަރުކާރާ ދެކޮޅަށް ކުރި މުޒާހާރާތަކުގައި މި އަހަރު 120 އަށްވުރެ ގިނަ މީހުން މަރާލާފައިވޭ
އާދީއްތަ ދުވަހުގެ ހެނދުނާ ހަމައަށް 36 ގައިދީން ދޫކޮށްލާފައިވޭ
އެކްޓިވިސްޓުން ދޫކޮށްލަނީ ކްރިސްމަސްގެ އުފަލުގައިކަމަށް ސަރުކާރުން ބުނޭ

ވެނެޒުއޭލާގެ ސަރުކާރާ ދެކޮޅަށްކުރި މުޒާހަރާތަކުގައި ޖަލަށްލާފައިވާ އެކްޓިވިސްޓުންގެ ތެރެއިން 80 މީހުން ދޫކޮށްލުމަށް ނިންމާފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ.

އެ ގައުމުގެ އެންޖީއޯއަކުން ބުނީ އާދީއްތަ ދުވަހުގެ ހެނދުނާހަމައަށް 36 ގައިދީން ދޫކޮށްލާފައިވާކަމަށެވެ.

އަދިވެސް ބާކީ 150 ގައިދީން ހައްޔަރުކުރެވިފައި އެބަތިއްބެވެ.

"ސިޔާސީ ހައްޔަރީން"ގެ ގޮތުގައި ސިފަކުރާ އެ ގައިދީން ދޫކޮށްލާފައިވަނީ އެ ގައުމުގެ އިދިކޮޅު ފަރާތްތަކުގެ އެދުމުގެމަތިން ކަމަށް އެންޖީއޯ ތަކުން ބުނެއެވެ.

ނަމަވެސް ރައީސް ނިކޮލަސް މަޑޫރޯ ވިދާޅުވީ އެކްޓިވިސްޓުން ޖަލަށްލާފައި ވަނީ ގާނޫނީ އިމުގެތެރެއިން ސައްހަ ދައުވާތަކެއްގެ މައްޗަށްކަމަށެވެ.

އެ ސަރަހައްދުގެ ޓްރޭޑް ގްރޫޕެއްކަމަށްވާ މާކޯޝަރއިންވެސް ވަނީ ގައިދީން ދޫކޮށްލުމަށް ގޮވާލާފައެވެ.

ސަރުކާރާ ދެކޮޅަށް ކުރި މުޒާހާރާތަކުގައި މި އަހަރު 120 އަށްވުރެ ގިނަ މީހުން މަރާލާފައިވެއެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް