ކ. މާލެ
|
24 ޑިސެންބަރ 2017 | އާދީއްތަ 02:54
ވައްކަން ކުރިކަމަށް ބުނާ މީހާ
ވައްކަން ކުރިކަމަށް ބުނާ މީހާ
ފޭސްބުކް
ވައްކަން ކުރިކަމަށް ބުނާ މީހާ
ޗާންދަނީމަގައި ހުންނަ ހޮޓަލެއްގެ ދޮރުފަތް ވަގަށް ނެގި ކަމަށްބުނެ މީހެއްގެ ބޯ ބާލާއިފި
މި ވީޑިއޯ ފޭސްބުކަށް ލާފައިވަނީ މިމަހުގެ 22 ގައި

ޗާންދަނީމަގުގައި ހުންނަ ހޮޓަލެއްގެ ދޮރުފަތް ވަގަށް ނެގިކަމަށް ބުނެ މީހެއްގެ ބޯ ބާލައިފިއެވެ. ފޭސްބުކަށް މިމަހުގެ 22 ވަނަ ދުވަހު ލާފައިވާ އެ ވީޑިއޯ މިހާރުވަނީ ވައިރަލްވެފައެވެ.

އެވީޑިއޯއިން ފެންނަނީ ދެބައި އުމުރުގެ މީހަކު ތަނެއްގައި ބައިންދައި އަމިއްލައަށް ބޯކޮށުމަށް ބުނެ އޭނާ ލައްވާ ބޯ ކޮށާ ތަނެވެ. އަދި އޭނާ ބޯ ކޮށުމަށްފަހު "ހެއާ ރިމޫވް" ކްރީމް ބޮލުގައި އުނގުޅާފައި ހުންނަ މަންޒަރު ފެނެއެވެ. އެއަށްފަހު އެމީހާގެ ބޯ ރޭޒަރަކުން ބާލައެވެ.

އެވީޑިއޯގައި ހޮޓަލުގެ "ދޮރުފަތް ވަގަށްނެގުމަށްފަހު ވިއްކާލީ 70 ރުފިޔާއަށޭ" ކިޔާ އަޑުވެސް އިވެއެވެ. އަދި ވައްކަން ކުރާނެތޯ ސުވާލުކުރުމުން އެމީހާ މޫނު އަނބުރާލާ ނޫނެކޭ ބުނެއެވެ.

މި ވީޑިއޯއަށް ތައުރީފު ކޮށްފައި ބައެއް މީހުން ކޮމެންޓް ކޮށްފައިވީނަމަވެސް ގިނަ މީހުން ވަނީ ވައްކަން ކުރުމުން އަދަބު ދޭންޖެހޭނީ ޝަރުއީ ދާއިރާއިން ކަމަށްބުނެ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

އެ ވީޑިއޯއަށް ކޮމެންޓް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެކަކު ބުނެފައިވަނީ "މިގައުމަށް އަދުލުވެރިކަމެއް ނެތި އިންސާފު ހަމަ އެކަކަށްވެސް ނުލިބޭ" ކަމަށެވެ.

އަލީ މުފީދުގެ ކޮމެންޓުގައި ބުނެފައިވަނީ "އަޅުގަނޑު ދެކޭ ގޮތުގައި ވައްކަން ކުރި މީހާއަށް ވުރެ ބޮޑަށް އޭނާ ލައްވާ ގަދަކަމުން ބޯ ބޭލި މީހުން މާ ނުބައި" ކަމަށެވެ.

ޖައްލެގެ ކޮމެންޓުގައި ބުނެފައިވަނީ "ރިޕޯޓު ކުރީމަ ގެންގޮސް އެއް ދޮރުން ވައްދާފައި އަނެއް ދޮރުން ނެރެ ދޫކޮށްލާނީ މައްސަލަ އެހިސާބުން އެ ނިމުނީ. ދެން އަންނަ ގޮތަށް ރިޕޯޓު ކުރި މީހާ ދުވަސް ދުއްވާލާނީ" ކަމަށެވެ.

ޒިޔާދު ކިޔާ މީހަކު ބުނެފައިވަނީ ތިއަށްވުރެ ފިނޑި އަމަލެއް އޭނާ ނުދެކޭ" ކަމަށެވެ.

- ކޮމެންޓް