ކ. މާލެ
|
24 ޑިސެންބަރ 2017 | އާދީއްތަ 02:46
ފޯޓީ ޕްލަސްގެ ޕޯސްޓަރ
ފޯޓީ ޕްލަސްގެ ޕޯސްޓަރ
ފޭސްބުކް
ފޯޓީ ޕްލަސް
ފޯޓީ ޕްލަސްގެ ޝޫޓިން ފަށައިފި
ފޯޓީ ޕްލަސް ސިނަމާތަކަށް އަންނާނީ އަންނަ އަހަރު
ޝޫޓިން ފެށުމަށް ފިލްމުގެ ކުރޫ ތ.ބުރުނީއަށް ފުރާފައިވަނީ ހުކުރު ދުވަހު

ޔޫސޫފް ޝަފީއު (ޔޫއްޕެ) ލިޔެ ޑައިރެކްޓް ކުރާ ކޮމެޑީ ފިލްމް "+40"ގެ ޝޫޓިން ހޮނިހިރު ދުވަހު ފަށައިފިއެވެ.

މިއީ މިއަހަރު ރިލީޒްކުރި "ނޯޓީ40" ގެ ދެވަނަ ބައެވެ. ތ. އަތޮޅު ބުރުނީގައި މުޅި ފިލްމުގެ ޝޫޓިން ނިންމަން ހަމަޖެހިފައިވާކަމަށް ޔޫއްޕެ ވަނީ ބުނެފައެވެ.

"+40" ގެ ޝޫޓިން ފެށުމަށް ފިލްމުގެ ކުރޫ ތ .ބުރުނީއަށް ފުރާފައިވަނީ ހުކުރު ދުވަހުއެވެ.

ނޯޓީ 40 ގައި ހަރަކާތްތެރިވި މައިގަނޑު ތަރިންނާއިއެކު މިދާއިރާއަށް އަލަށް ތައާރަފް ކުރާ ފަސް ތަރިން ހަރަކާތްތެރިވާ މި ފިލްމުގެ ޝޫޓިންގ 25 ވަރަކަށް ދުވަހުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރާނެ ކަމަށް ޔޫއްޕެ ބުނެއެވެ.

މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދަނީ ޔޫއްޕެގެ އިތުރުން ޢަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހުމަދު ސައީދު، ފާތިމަތު އާޒިފާ (އަޒޫ)، ޝީލާ ނަޖީބު، އަހުމަދު މަނިކު، އަލީ އާޒިމް (ދޮންއައްޔަ)، މުޙައްމަދު ފައިސަލް އަދި ޔޫއްޕެގެ "ދެވަންސޫރަ"އިން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވާ މަރިޔަމް ޝިފާ ވެސް "+40"ގައި ހަރަކާތްތެރިވާނެއެވެ.

ފިލްމު ޝޫޓިންގ ފެށި ވަގުތު ފިލްމުގެ އެއް ތަރިކަމަށްވާ ސައީދު ވަނީ ޝޫޓިންގގެ ވީޑިއޯ ކޮޅެއް ފޭސްބުކް މެދުވެރިކޮށް ލައިވް ކޮށްފަ އެވެ.

- ކޮމެންޓް