ކ. މާލެ
|
24 ޑިސެންބަރ 2017 | އާދީއްތަ 02:43
ގަޑިއަކު 50 މޭލު ބާރުމިނުގައި ވައިޖެހުނު ޓެމްބިން މިހާރުވަނީ މިންޑަނާއޯ ހުރަސްކޮށް ދެކުނަށް މިސްރާބު ޖަހާފައި
ގަޑިއަކު 50 މޭލު ބާރުމިނުގައި ވައިޖެހުނު ޓެމްބިން މިހާރުވަނީ މިންޑަނާއޯ ހުރަސްކޮށް ދެކުނަށް މިސްރާބު ޖަހާފައި
ބީބީސީ
ޓެމްބިން
ފިލިޕީންސްއަށް އެރި މޫސުމީ ކޮޅިގަނޑު "ޓެމްބިން"ގައި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
އެންމެ ބޮޑަށް ގެއްލުން ލިބުނު ދެ ޓައުނަކީ ޓުބޮޑްއާއި ޕިއަގަޕޯ
ހުކުރު ދުވަހު އެރި ޓެމްބިންއާ ގުޅިގެން މިންޑަނާއޯގެ ބައެއް ސަރަހައްދުތަކުގައިވަނީ ކުއްލި ހާލަތު އިއުލާނުކޮށްފައި

ފިލިޕީންސްގެ ދެކުނަށް އެރި މޫސުމީ ކޮޅިގަނޑެއްގައި 100 އަށްވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ގެއްލިފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޓެމްބިން ގެ ނަންދީފައިވާ މި ކޮޅިގަނޑުގައި މިންޑަނާއޯ އައިލެންޑްގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ ބިންގަޑުކަނޑައިގެން ގޮސްފައިވެއެވެ.

އެންމެ ބޮޑަށް ގެއްލުން ލިބުނު ދެ ޓައުނަކީ ޓުބޮޑްއާއި ޕިއަގަޕޯއެވެ. އެ ދެ ޓައުނުން އެތައް ގެއެއްވަނީ ވަޅުލެވިފައެވެ.

ގަޑިއަކު 50 މޭލު ބާރުމިނުގައި ވައިޖެހުނު ޓެމްބިން މިހާރުވަނީ މިންޑަނާއޯ ހުރަސްކޮށް ދެކުނަށް މިސްރާބު ޖަހާފައެވެ.

ފިލިޕީންސްއަކީ ނުރައްކާތެރި ތޫފާންތައް އާއްމު ގައުމެއްނަމަވެސް މިންޑަނާއޯއަށް ތޫފާނުތަކުގެ އަސަރު ކުރުމަކީ އާއްމު ކަމެއްނޫނެވެ.

ހުކުރު ދުވަހު އެރި ޓެމްބިންއާ ގުޅިގެން މިންޑަނާއޯގެ ބައެއް ސަރަހައްދުތަކުގައިވަނީ ކުއްލި ހާލަތު އިއުލާނުކޮށްފައެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް