ކ. މާލެ
|
23 ޑިސެންބަރ 2017 | ހޮނިހިރު 19:57
ރައީސް ޓްރަމްޕްއާއި ކިމް ޖޮން އުން މީގެ ކުރިންވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައި
ރައީސް ޓްރަމްޕްއާއި ކިމް ޖޮން އުން މީގެ ކުރިންވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައި
އޭއެފްޕީ
އުތުރު ކޮރެއާ މައްސަލަ
އުތުރުކޮރެއާއަށް އިިތުރު ފިޔަވަޅު އެޅުމަށް ފާސްކުރުމުން ޓްރަމްޕް ތައުރީފް ކުރައްވައިފި
އުތުރު ކޮރެއާއަކީ އެމެރިކާއާއި އދ އަދި އީޔޫން މިހާރުވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ގައުމެއް
އެމެރިކާ އިން ދަނީ 2008 ވަނަ އަހަރުން ފެށިގެން އުތުރު ކޮރެއާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން

އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލައިގައި އެގައުމާ ދެކޮޅަށް ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އެޅުމަށް އދ.ގެ ސަލާމަތީ މަޖިލީހުގެ މެމްބަރު ގައުމުތަކުގެ އިއްތިފާގުން ފާސްކުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތައުރީފް ކުރައްވައިފިއެވެ.

ރައީސް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯޓުން ސާބިތު ކޮށްދިނީ ދުނިޔެއިން ބޭނުންވަނީ" ސުލްހަ ކަމާއި، މަރުނޫންކަން" ކަމަށެވެ.

އުތުރު ކޮރެއާއިން ދާދި ފަހުން ޓެސްޓްކުރި ބެލިސްޓިކް މިސައިލްތަކުގެ މައްސަލައިގައި އެމެރިކާއިން އދ.ގެ ސަލާމަތީ މަޖިލީހުން ފާސް ކުރި  ގަރާރުގައިވާ ގޮތުން، އެގައުމަށް އެތެރެކުރާ ޕެޓްރޯލްގެ މިންވަރު 90 އިންސައްތަ ދަށް ކުރުމަށް ހިމަނައިފައިވެއެވެ.

އުތުރު ކޮރެއާގެ ވިޔަފާރީގެ އެންމެ ގާތް ބައިވެރިން ކަމަށްވާ ޗައިނާއާއި ރަޝިއާ އިން ވެސް އދ.ގެ ސަލާމަތީ މަޖިލީހުގައި މިގަރާރަށް ވޯޓު ދީފައިވެއެވެ. ޗައިނާއަކީ އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ، އެމަޖިލީހުގެ ދާއިމީ މެމްބަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

އުތުރު ކޮރެއާއަކީ އެމެރިކާއާއި އދ އަދި އީޔޫއިން މިހާރު ވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ގައުމެކެވެ.

އުތުރު ކޮރެއާއަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް ސަލާމަތީ މަޖިލީހުގައި ހުކުރު ދުވަހު ނެގި ވޯޓް ފާސްވެފައި ވަނީ މެމްބަރު 15 ގައުމުގެ އިއްތިފާގުންނެވެ.

އެމެރިކާއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ނިކީ ހޭލީ ވިދާޅުވީ ދުނިޔެއިން އެ ދިނީ މެސެޖެއް ކަމަށާއި އެއީ އިތުރު ގޮތްދޫނުކުރުމާއެކު އިތުރު ފިޔަވަޅުތައް އަޅައި އިތުރަށް އެކަހެރި ކުރާނެ ކަމުގެ މެސެޖު ކަމަށެވެ.

އެމެރިކާ އިން ދަނީ 2008 ވަނަ އަހަރުން ފެށިގެން އުތުރު ކޮރެއާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެމެރިކާއިން އުތުރު ކޮރެއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅުން ހުރި ވަކި ފަރުދުންނާއި ކުންތުނިތަކުގެ ރައުސުލްމާލު ފްރީޒް ކުރުމާއި، އެމެރިކާއިން އުތުރު ކޮރެއާއަށް މުދާ އެކްސްޕޯޓް ކުރުން މަނާ ކުރުމާއި، އުތުރު ކޮރެއާ އަށް އެނޫން ވެސް ޚިދުމަތްތައް ދިނުން ހުއްޓާލުން ހިމެނެއެވެ.

ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ ޕްރެޝަރަށް ބެލުމެއް ނެތި އުތުރު ކޮރެއާގެ ނިއުކްލިއަރ އަދި މިސައިލް ޕްރޮގްރާމްތައް ކުރިއަށް ގެންގޮސް، މިއަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލް އެގައުމުގައި ޓެސްޓު ކޮށްފައިވެއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް