ކ. މާލެ
|
23 ޑިސެންބަރ 2017 | ހޮނިހިރު 11:01
ހަމަލާ ބަދަލުކުރުން ހުއްޓާލި އެއްބަސްވުން ތަންފީޒުކުރަން ފަށާނީ ޑިސެމެބަރު 24 ވަނ ދުވަހުން ފެށިގެން
ހަމަލާ ބަދަލުކުރުން ހުއްޓާލި އެއްބަސްވުން ތަންފީޒުކުރަން ފަށާނީ ޑިސެމެބަރު 24 ވަނ ދުވަހުން ފެށިގެން
އަލްޖަޒީރާ
ދެކުނު ސޫދާނުގެ ހަނގުރާމަ
ދެކުނު ސޫދާނުގެ ހަނގުރާމަވެރި ގްރޫޕުތަކުން ހަމަލާތައް މެދުކަނޑާލަން އެއްބަސްވެއްޖެ
ދެކުނު ސޫދާނުގެ ދާޚިލީ ހަނގުރާމަ ފެށުނީ 2013 ވަނަ އަހަރު ފަހުކޮޅު
އެއްބަސްވުމުގެ ދަށުން ދެކުނު ސޫދާނުގެ ހުރިހާ ހިސާބަކަށް އެހީ ފޯރުކޮށްދިނުމަށް ފުރުސަތު ދޭންޖެހޭ

ދެކުނު ސޫދާނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ހަމަލާ ބަދަލުކުރުން މެދުކަނޑާލައި ހަނގުރާމައިގައި ތާށިވެފައިވާ އާއްމުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބުރާސްފަތި ދުވަހު ސޮއިކުރި މި އެއްބަސްވުން ތަންފީޒުކުރެވެން ފަށާނީ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ.

މި އެއްބަސުވުމުގެ ދަށުން އެއްވެސް ޝަރުތަކާ ނުލައި ހަމަނުޖެހުންތައް ހުއްޓާލައި އެއްވެސް ހުރަސް އެޅުމެއް ނެތި، އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކުން މުޅި ގައުމުގެ ހުރިހާ ކަންކޮޅަކަށް އެހީ ދިނުމަށް ފުރުސަތު ދިނުމަށްވަނީ އެއްބަސްވެފައެވެ.

އިތިއޯޕިއާގެ ވެރިރަށް އަދިސް އަބާބާގައި ސޮއިކުރި މި އެއްބަސްވުމުގެ އަމާޒަކީ،މިދިޔަ އަހަހަރުގެ ތެރޭގައި ފެށުނު ހަމަލާތަކާއެކު 2015 ވަނަ އަހަރުވި އެއްބަސްވުން އޮޔާ ގޮސްފައިވާތީ އެ އެއްބަސްވުމަށް ދިރުން ގެނައުންކަމަށް ރޮއިޓަރސްއިން ރިޕޯޓްކުރެއެވެ.

ދެކުނު ސޫދާނުގެ އެތައްހާސް ރައްޔިތުންނެއްވަނީ ދާޚިލީ ހަނގުރާމައިގެ ނުރައްކަލުން ރައްކާތެރިވުމަށް ގެދޮރު ދޫކޮށް ގައުމުގެ އެކި ކަންކޮޅުތަކަށް، ނުވަތަ ބޯހިޔާވަހިކަން ހޯދުމަށް ކެންޔާގެ އުތުރުގެ ސަރަހައްދުތަކަށް ބަދަލުވެފައެވެ.

ކޭމްޕްތަކުގައި ދަތިކޮށް އުޅެމުންދާ ފަރާތްތަކަށް މި އެއްބަސްވުމަކީ ކޮންމެވެސްވަރެއްގެ ފަސޭހަކަމެއް ގެނެސްދޭނެ އެއްބަސްވުމެކެވެ.

މިނިވަން ވަކި ދައުލަތެއްގެ ގޮތުގައި ދެކުނު ސޫދާނު އިއުލާނު ކުރިތާ ގިނަ ދުވަސްތަކެއް ނުވެ އެ ގައުމުގެ ދާޚިލީ ހަނގުރާމަ ފެށިގެންދިޔައީ ރައީސް ސަލްވަޚީރް އާއި ކުރީގެ ރައީސް ރީޚް މައްޗަރުއާ ދެމެދު އުފެނު ސިޔާސީ ދެބަސްވުމުގެ ތެރެއިން 2013 ވަނަ އަހަރުގެ ފަހުކޮޅުއެވެ.

އދ ގެ ހިސާބުތަކުން ދައްކާގޮތުގައި އެތައްހާސް ބަޔަކު މި ހަނގުރާމައިގައި މަރުވެފައިވާއިރު ހަތަރު މިލިއަނަށްވުރެ ގިނަ މީހުންވަނީ އެ މީހުންގެ ވަޒަނުން ބޭރުވެފައެވެ.

 

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް