ޕާކިސްތާނުގެ ބައިނަލް އަގްވާމީ އެއަރލައިންގެ މަތިންދާ ބޯޓެއްގައި ބޯޓުގެ ކެޕްޓަން އިމަޖެންސީ ހާލަތު އިއުލާން ކުރުމާއެކު ކޮމާންޑޯ އިންނާއި އަލިފާން ނިވާ މީހުން ބޯޓު ވަށާލާ ކުއްލި ހާލަތަކަށް ގެނެސް، ރަންވޭ ބަންދުކޮށް ބޯޓު އިންސްޕެކްޓް ކުރުމަށްފަހު ބޯޓަށް ކުރިމަތިވި ނުރައްކަލަކީ ކޮކްޕިޓްގައި ފިލާ އޮތް ބުޅަލެއް ކަމަށް ހާމަ ކޮށްފިއެވެ.
ހުކުރު ދުވަހު ހިނގި މިހާދިސާގައި ބޯޓު ފުރަން އޮތީ ޖިނާހް އިންޓަނޭޝަލް އެއަރޕޯޓުން ގުވަދާރެވެ.
ބުޅަލުގެ ކިބައިން ބޯޓު ސަލާމަތް ކުރުމަށްފަހު ސެކިއުރިޓީ އޮފިޝަލުން ކްލިޔަރަންސް ދިނުމުން ބޯޓަށް ފުރުނީ ޝެޑިއުލަށްވުރެ އެތައް ތަނުން ފަހުން ކަމަށް ޖިއޯ ޓީވީން ބުނެފައިވެއެވެ.