ކ. މާލެ
|
22 ޑިސެންބަރ 2017 | ހުކުރު 12:50
އޮގަރު ކަނޑި އައްޑަނަ އިގެ ޕޯސްޓަރ
އޮގަރު ކަނޑި އައްޑަނަ އިގެ ޕޯސްޓަރ
ފޭސްބުކް
އޮގަރު ކަނޑި އައްޑަނަ
ނަޒީހުގެ ފުރަތަމަ ލަވަ "ރާޅޭ" މިރޭ ޕްރިމިއާ ކުރަނީ
އަލްބަމުގައި ހިމެނެނީ ޖުމްލަ 6 ލަވަ
މިރޭ 8:00 ގައި ޔޫޓިއުބް، ސައުންޑް ކްލައުޑް އަދި ލަވަފޮށީގައި ޕްރިމިއާ ކުރާނެ
ރާގު ހެދީ ވެސް ނަޒީހު

އަރަމުން އަންނަ ލަވަ ކިޔުންތެރިއެއް ކަމަށްވާ އަހުމަދު ނަޒީހު (ރާޅުބޯއި)ގެ ފުރަތަމަ އަމިއްލަ ލަވަ "ރާޅޭ" މިރޭ ޕްރިމިއާ ކުރާނެއެވެ.

ރާއްޖެ އެމްވީއަށް ނަޒީހު ބުނީ މި ލަވަ ޕްރިމިއާ ކުރާނީ މިރޭ 8:00 ގައި ޔޫޓިއުބާއި ސައުންޑް ކްލައުޑް އަދި ލަވަފޮށި މެޑުވެރިކޮށް ކަމަށެވެ. މިރޭ ތިން އެޕްލިކޭޝަނުން ވެސް ސްޓްރީމްކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.

"ރާޅޭ" އަކީ ނަޒީހުގެ ފުރަތަމަ އަލްބަމް ކަމަށްވާ "އޮގަރު ކަނޑި އައްޑަނަ" އަލްބަމްގެ ފުރަތަމަ ލަވައެވެ. ލަވަ ކިޔުމުގެ އިތުރުން މި ލަވައިގެ ރާގު ވެސް ތައްޔާރުކޮށްފައި ވަނީ ނަޒީހެވެ.

ނަޒީހު ބުނީ މިއީ އަމިއްލަ ރާގެއްގެ ލަވައެއް ކަމަށާއި އަލްބަމްގައި ހުރި ލަވަތައް އޭނާ ނެރޭނީ ކޮންމެ ތިން މަހަކުން އެއް ފަހަރު ކަމަށެވެ. "އޮގަރު ކަނޑި އައްޑަނަ" އަލްބަމުގައި ހިމެނެނީ ޖުމްލަ 6 ލަވައެވެ.

"ރާޅޭ" އަކީ ލޯބީގެ ލަވައެކެވެ. ނަޒީހު ވަނީ މީގެ ކުރިން ސްޓޭޖްތަކުގައި ޕާފޯމްކޮށް އާންމުގެ މަގުބޫލުކަން ހޯދާފައެވެ.

 

- ކޮމެންޓް