ކ. މާލެ
|
21 ޑިސެންބަރ 2017 | ބުރާސްފަތި 16:15
މި ހާދިސާ ހިނގާފައިވަނީ ކާރޫބާރު ބޮޑު ފްލިންޑަރސް ސްޓްރީޓްގައި
މި ހާދިސާ ހިނގާފައިވަނީ ކާރޫބާރު ބޮޑު ފްލިންޑަރސް ސްޓްރީޓްގައި
ބީބީސީ
މެލްބަރން ކާރު ހަމަލާ
މެލްބަރންގައި ކާރެއް ދުއްވާފައި ގޮސް ދިން ހަމަލާއާ ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފި
ސާދަ މީހަކު ޒަޚަމްވި އިރު އެތައް ބައެއްގެ ހާލު ސީރިއަސް
ހައްޔަރުކޮށްފައިވަނީ ޑްރައިވަރާ އަދި އިތުރު މީހެއް

މެލްބަރންގައި މީހުން ތަކެއްގެ ތެރެއަށް ގަސްތުގައި ކާރެއް ދުއްވާފައި ގޮސް ވައްދާލި ހާދިސާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ވިކްޓޯރިއާގެ ފުލުހުން ބުނެފައިވަނީ ކާރުން އެތައް ކުޑަކުދިންނެއްގެ ގައިގައި ޖެހިފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ކާރޫބާރުބޮޑު ފްލިންޑަރސް ސްޓްރީޓްގައެވެ.

ސާދަ މީހަކު ޒަޚަމްވި އިރު އެތައް ބައެއްގެ ހާލު ސީރިއަސްއެވެ.

ފުލުހުންބުނީ މިއީ ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށާއި ނަމަވެސް ޓެރެރިޒަމްގެ އަމަލެއްތޯ ނިންމުމަށް އަދި މާ އަވަސް ކަމަށެވެ.

ހައްޔަރު ކޮށްފައިވަނީ ޑްރައިވަރާ އަދި އިތުރު މީހެކެވެ.

"މަގުސަދަކީ ކޮބައިކަމެއް ނޭނގެ" ފުލުހުންގެ ކޮމާންޑަރ ރަސެލް ބެރޭ ވިދާޅުވިއެވެ.

 

 

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް