އަށްވަނަ ދިވެހި ފިލްމު އެވޯޑްސް އޮލިމްޕަހުގައި އަންގާރަ ދުވަހުގެ ރޭ ބާއްވާފައިވާއިރު އެވޯޑްދިނުމުގެ ހަފްލާގެ ތެރެއިން އެކި ފަންނާނުންގެ ހުށައެޅުން ވަނީ ފެނިގެން ގޮސްފައެވެ. އޭގެ ތެރޭގައި ޝީލާ ނަޖީބާއި އަހުމަދު އަޒްމީލްގެ ހުށަޅުން ފެނިގެން ގޮސްފައިވާއިރު ލަމްހާ ލަތީފްގެ ލަވަ ކިޔުމުގެ ހުށައެޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. އަދި ޖާދުއްﷲ އިސްމާއިލް އާއި ފާތިމަތު އަޒީފާ (އަޒޫ)ގެ ހުށައެޅުން ވެސް ފެނިގެންދިޔަ އެވެ.
މި އެވޯޑް ހަފްލާގައި އެންމެ ފަހުން ފެނިގެންދިޔަ މުހައްމަދު ޖުމައިހް (ޖުމާ) އާއި މަރިޔަމް އައްޒަގެ ހުށައެޅުމަކީ އެންމެ ތަފާތު އަދި ހަފުލާގައި ބައިވެރިވި މީހުންގެ ސަޕޯޓް އެންމެ ބޮޑަށް އޮއްސާލި ހުށަހެޅުމެވެ. ޖުމާ އާއި އައްޒަގެ ހުށަހެޅުން ހާއްސަކުރީ ފިލްމީ ދާއިރާއާ ވަކިވެފައިވާ މަޝްހޫރު ތަރި ނިއުމާ މުހައްމަދަށް ދިން ޓްރިބިއުޓެކެވެ.
ޖުމާ އާއި އައްޒަ ހުށަހަޅައި ދިނީ ނިއުމާ ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން ގިނަ ބަޔަކަށް ކަމުދިޔަ "ނިއުމާ" ފިލްމުގައި ހިމެނޭ "ނިއުމާ" ލަވަ އެވެ. މި ހުށަހެޅުމުމުގެ ސަބަބުން އުފަލުން ނިއުމާ ފެންކަޅިކޮށްލި އެވެ.
ޖުމާ އާއި އައްޒަގެ ނެށުން، ނިއުމާ ކައިރިއަށް ގޮސް ނިންމާލުމަށް ފަހު، އޭނާ ގޮވައިގެން ސްޓޭޖަށް އެރި އެވެ. އެއަށް ފަހު ނިއުމާ ބުނެލީ "އެވޯޑެއް ލިބުމަށް ވުރެ މާބޮޑަށް އުފާވެއްޖެ" ކަމަށެވެ،
ފިލްމީ ދާއިރާގައި 20 އަހަރު ހޭދަކޮށްފައިވާ ނިއުމާ ބުނީ އޭނާގެ ކެރިއާގައި މިހާތަނަށް މި ކަހަލަ ޓްރިބިއުޓެއް ދުވަހަކުވެސް ލިބިފައިނުވާ ކަމަށާއި ފިލްމީ ދާއިރާއާ އަލަށް ގުޅުނު ތަރިންތަކެއް އޭނާއަށް މިކަހަލަ ޓްރިބިއުޓެއް ދިނުމުން ބުނަންނޭގޭ ކަހަލަ އުފާވެރި އިހުސާސްތަކެއް ކުރުވައިފިކަމަށެވެ. މި ޑާންސްގައި އައްޒަ ހަރަކާތްތެރިވީ،
1995 ވަނަ އަހަރު ދިވެހި ފިލްމީ ދާއިރާއިން ފެނިގެންދިޔަ ނިއުމާ ވަނީ 1000 އަށް ވުރެ ގިނަ ލަވައިގައި ހަރަކާތްތެރިވެފައެވެ. އޭގެ އިތުރުން ޑްރާމާ ސީރީޒްތަކާއި ފިލްމުތައް ކުޅެފައިވެ އެވެ. ނިއުމާ ފިލްމީ ދާއިރާއިން ރިޓަޔާވެފައިވާކަމަށް އިއުލާން ކުރީ އޭނާގެ 40 ވަނަ އުފަންދުވަހުގައި ދަރުބާރުގޭގެގައި ބޭއްވި ހަފްލާއެއްގައެވެ.