ކ. މާލެ
|
20 ޑިސެންބަރ 2017 | ބުދަ 10:28
މި ދަތުރުފުޅު ނޮވެމްބަރު މަހުގެ މެދުތެރޭ ކުރައްވާނެކަމަށް ޕެންސް ވަނީ ހާމަކުރައްވާފައި
މި ދަތުރުފުޅު ނޮވެމްބަރު މަހުގެ މެދުތެރޭ ކުރައްވާނެކަމަށް ޕެންސް ވަނީ ހާމަކުރައްވާފައި
ގޫގުލް
މެދުއިރުމަތީގެ މައްސަލަ
އެމެރިކާގެ ނައިބް މެދުއިރުމައްޗަށް ކުރެއްވުމަށް ނިންމެވި ދަތުރުފުޅު ފަސްކުރައްވައިފި
މި ދަތުރުފުޅު މިހާރު ތާވަލުކުރެވިފައިވަނީ ޖެނުއަރީ މަހުގެ 14 އަށް

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް މެދުއިރުމައްޗަށް ކުރެއްވުމަށް ރޭއްވެވި ދަތުރުފުޅު ފަސްކުރައްވައިފިއެވެ.

މިސްރާއި އިސްރާއީލަށް ބުދަ ދުވަހު ފެއްޓެވުމަށް ނިންމެވި ދަތުރުފުޅު ފަސްކުރެއްވިކަން ހޯމަ ދުވަހު އިއުލާނުކުރައްވާފައި ވާއިރު ދަތުރުފުޅު ފަސްކުރެއްވީ ސެނެޓްގައި މިހާރު ކުރިޔަށްދާ ޓެކްސްގެ ނިޒާމް އިސްލާހު ކުރުމާބެހޭ މަސައްކަތްތަކުގެ ސަބަބުން ކަމަށް ވަނީ ހާމަކޮށްފައެވެ.

މި ދަތުރުފުޅު ނޮވެމްބަރު މަހުގެ މެދުތެރޭ ކުރައްވާނެ ކަމަށްވެސް ވަނީ ހާމަކުރައްވާފައެވެ.

ޕެންސްގެ މި ދަތުރުފުޅުގައި ފުރާވަޑައިގަތުމަށް ކުރިން ހަމަޖެހިފައި އޮތީ ބުދަ ދުވަހުކަމަށް ވާއިރު މި ދަތުރުފުޅާ ދިމާކޮށް، ގުދުސްގައި މުޒާހަރާތައް ބޭއްވުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ފަތަހް ޖަމާއަތުންވަނީ ގޮވާލާފައެވެ.

ގުދުސްއަކީ އިޒްރޭލުގެ ވެރި ރަށުގެ ގޮތުގައި ބަލައިގަނެ، އިޒްރޭލުގެ ތެލް އަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައިވާ ނިންމެވުމާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ މުސްލިމުން ދަނީ އިހްތިޖާޖް ކުރަމުންނެވެ.

ގިނަ ޒަމާންތަކެއް ވަންދެން ގުދުސްއާމެދު އެމެރިކާއިން ގެންގުޅުނު ސިޔާސަތު ބަދަލުކޮށް، ގުދުސްއަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތްކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރެއްވީ މިމަހުގެ ހަވަނަ ދުވަހުއެވެ.

ޓްރަމްޕްގެ ނިންމެވުމަށް ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ފާޑުކިޔުން އަމާޒުވެފައި ވާއިރު، އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނާއި ބައްދަލު ނުކުރެއްވުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ފަލަސްތީން-އިޒްރޭލް ޞުލްހައިގެ މަސައްކަތުން އެމެރިކާ އެކަހެރި ކުރާނެ ކަމުގެ އިންޒާރުވެސް ފަލަސްތީނުން ދީފައިވެއެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް