8 ވަނަ ދިވެހި ފިލްމު އެވޯޑްސް އަންގާރަދުވަހުގެރޭ އޮލިމްޕަހުގައި ބާއްވާފައިވާއިރު މި އަހަރު އެންމެ ގިނަ އެވޯޑްސް ކާމިޔާބުކުރީ ޑާކްރެއިން އެންޓަރޓެއިންމަންޓަށެވެ.
31 ދާއިރާއަކުން ދިން އެވޯޑުތަކުގެތަކުގެ ތެރެއިން ޑާކް ރެއިން އެންޓަރޓެއިންމަންޓް އިން ވަނީ 22 އެވޯޑެއް ކާމިޔާބުކޮށްފައެވެ.
އޭގެތެރެއިން އެންމެ ގިނަ އެވޯޑް ލިބިފައިވަނީ ޑާކްރެއިން އެންޓަރޓެއިންމަންޓުން ގެނެސްދިން "ވާށޭ މަށާ އެކީ" އާއި "ހުޅުދާން" އަދި "މިކޮއެ ބައްޕަ ބައޭބައޭ" "ކަޝްފް" އާއި "ވޫޑޫ" އަށެވެ.
ކުރު ފިލްމުގެ ބައިންވެސް އެންމެ ގިނަ އެވޯޑު ލިބުނީ ޑާކްރެއިން އެންޓަރޓެއިންމަންޓުގެ ފިލްމުތަކަށެވެ.
ކުރު ފިލްމުގެ ބައިން 8 އެވޯޑް ދީފައިވާއިރު ޑާކްރެއިން އެންޓަޓައިންމަންޓަށް ވަނީ 6 ދާއިރާއަކުން އެވޯޑް ލިބިފައެވެ. އެއީ؛
- އެންމެ މޮޅު ކުރު ފިލްމް: ވޫޑޫ
- އެންމެ މޮޅު ޑައިރެކްޓާ: އަލީ ޝިފާއު (ކުރު ފިލްމް ވޫޑޫ)
- އެންމެ މޮޅު ސަޕޯޓިން އެކްޓާ: އަހުމަދު ނާޝިތު (ކުރު ފިލްމް ވޫޑޫ)
- އެންމެ މޮޅު ސިނެމެޓޮގްރަފީ: އަލީ ޝިފާއު (ކުރު ފިލްމް ވޫޑޫ)
- އެންމެ މޮޅު އެޑިޓިން: އަލީ ޝިފާއު (ކުރު ފިލްމް ވޯޑޫ) އަދި،
- އެންމެ މޮޅު އެކްޓަރ: އިބްރާހިމް ޖިހާދު (ޖިމީ)، (ކުރު ފިލްމް ކަޝްފު) އެވެ.
އަދި މީގެ އިތުރުން ޑާކްރެއިން އެންޓަޓައިންމަންޓުގެ ފިލްމު "ވާށޭ މަށާއެކީ" އަށް ވަނީ ފީޗާ ފިލްމު ތަކުގެ ބައިން 10 އެވޯޑެއް ލިބިފައެވެ. އެއީ؛
- އެންމެ މޮޅު ފިލްމް: ވާށޭ މަށާއެކީ (ޑާކް ރެއިން އެންޓަޓައިމަންޓް)
- އެންމެ މޮޅު ޑައިރެކްޓާ: އަލީ ޝިފާއު (ވާށޭ މަށާއެކީ)
- އެންމެ މޮޅު އެކްޓާ: މުހައްމަދު ޖުމައްޔިލް ނިމާލު (ޖުމަލް)، (ވާށޭ މަށާއެކީ)
- އެންމެ މޮޅު އެކްޓްރެސް: މަރިޔަމް މަޖުދާ (މަޖޫ)،(ވާށޭ މަށާއެކީ)
- އެންމެ މޮޅު އާޓް ޑިރެކްޝަން: މުހައްމަދު އަލީ، އަލީ ޝިފާއު (ވާށޭ މަށާއެކީ)
- އެންމެ މޮޅު މޭކަޕް: މަރިޔަމް މަޖުދާ (މަޖޫ)، (ވާށޭ މަށާއެކީ)
- އެންމެ މޮޅު ކްރޮއުގްރަފީ: މަރިޔަމް މަޖުދާ (މަޖޫ)، (ވާށޭ މަށާއެކީ)
- އެންމެ މޮޅު ކޮސްޓިއުމް: މަރިޔަމް މަޖުދާ (މަޖޫ)، (ވާށޭ މަށާއެކީ)
- އެންމެ މޮޅު ސައުންޑް މިކްސިން: މުހައްމަދު އިކްރާމް (ވާށޭ މަށާއެކީ)
- އެންމެ މޮޅު އެޑިޓިން: އަލީ ޝިފާއު (ވާށޭ މަށާއެކީ)
މި ފިލްމަކީ މިފަހަރު 21 ދާއިރާއަކުން ނޮމިނޭޓް ވެފައިވާ ފިލްމެކެވެ. މީގެ އިތުރުންވެސް ޑާކް ރެއިން އެންޓަރޓެއިންމަންޓްއިން ވަނީ 6 ދާއިރާއަކުން އެވޯޑް ކާމިޔާބުކޮށްފައެވެ. އެއީ؛
- އެންމެ މޮޅު އަންހެން ނިއު ކަމާ: މަރިޔަމް މަޖުދާ (މަޖޫ)، (ހުޅުދާން)
- އެންމެ މޮޅު ސްކްރީން ޕްލޭ: އައިޝަތު ފުއާދު ތައުފީގް (ހުޅުދާން)
- އެންމެ މޮޅު ފިރިހެން ލަވަ ކިޔުންތެރިޔާ: އަހުމަދު ނާޝިދު (ތަކުރަށް ބަހެއް:ފިލްމު ހުޅުދާން)
- ލިރިކްސް: ޒީރޯ ޑިގްރީ، އަހުމަދު ނަސީރު އަދި މުހައްމަދު ރަޝީދު (ތަކުރަށް ބަހެއް:ފިލްމު ހުޅުދާން)
- އެންމެ މޮޅު ސައުންޑް އެޑިޓާ: މުހައްމަދު އިކްރާމް (މިކޮއެ ބައްޕަ ބައެ ބައެ)
- އެންމެ މޮޅު ބެކްގްރައުންޑް މިޔުޒިކް: މުހައްމަދު އިކްރާމް (އެންމެފަހު ވިންދާ ޖެހެންދެން)
މީގެ އިތުރުން މިފަހަރުގެ ފިލްމް އެވޯޑްސްގައި އެންމެ ގިނަ އެވޯޑް ކާމިޔާބުކޮށްފައިވަނީ ސީޒަންގެ "އަހުޝަމް" އެވެ.