ކ. މާލެ
|
20 ޑިސެންބަރ 2017 | ބުދަ 09:41
ރެއިލް ކައްސާލި ހާދިސާގައި ސަތޭކައެއްހާ މީހުންނަށް އަނިޔާވި
ރެއިލް ކައްސާލި ހާދިސާގައި ސަތޭކައެއްހާ މީހުންނަށް އަނިޔާވި
ބީބީސީ
ވޮޝިންގްޓަން ރޭލް އެކްސިޑެންޓް
ވޮޝިންގްޓަންގެ ރޭލް އެކްސިޑެންޓް: ރޭލް ދުއްވާފައިވަނީ ހުއްދަ އޮންނަ މިންވަރަށް ވުރެ ބާރަށް
ރޭލް ދަތުރުކުރަމުން ދިޔައީ ގަޑިއަކު 80 މޭލަށް

އެމެރިކާގެ ވޮޝިންގޓަންގައި ރޭލެއް ދަގަނޑު މަތިން ކައްސާލައި ތިން މީހުން މަރުވި ހާދިސާ ހިނގީ ހުއްދަ އޮންނަ މިންވަރަށްވުރެ ބާރަށް ރޭލު ދުއްވުމުން ކަމަށް ހާމަކޮށްފި އެވެ. 

ރޭލު ދަތުރުފަތުރާބެހޭ އިދާރާއިން ބުނާ ގޮތުން ރޭލް ދަގަނޑުގެ ލެނބުމެއްގެ މަތިން ރޭލު ދުއްވޭނެ އެންމެ ބާރުމިނަކީ ގަޑިޔަކު 30 މޭލު ކަމަށް ކަނޑައަޅާފައި ވާއިރު، އެ ރޭލް ދުއްވީ 80 މޭލު ބާރު މިނުގަ އެވެ. މި އެކްސިޑެންޓްވިއިރު ރޭލު ދަތުރުކުރަމުން ދިޔައީ ހައިވޭއެއް ހުރަސްކޮށް މަތިން އަޅާފައިވާ ރޭލު ދަގަނޑެއް މަތިންނެވެ.

ނޭޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ތަރުޖަމާނު ވިދާޅުވީ ތަހުގީގު ޓީމުން ހާދިސާ ހިނގި ތަނަށް ހޯމަ ދުވަހުގެ ރޭ ގޮސްފައިވާ ކަމަށާއި އެތަނުގައި ހަފްތާއެއް، ނޫނީ  ދިހަ ވަރަކަށް ދުވަހު ތަހްގީގު ޓީމް ތިބޭނެ ކަމަށެވެ.

މި ހާދިސާގައި ޒަޚަމްވި ސަތޭކައަށް ވުރެ ގިނަ މީހުން ހޮސްޕިޓަލްތަކަށް ގެންގޮސްފައި ވާއިރު، ބައެއް މީހުންގެ ޙާލު ސީރިއަސް ކަމަށް ހޮސްޕިޓަލްތަކުން ބުނެއެވެ. ރޭލު މަގު މައްޗަށް ވެއްޓުމުން ހަތް ވެހިކަލަކަށް ގެއްލުން ލިބިފައި ވާއިރު، އޭގެ ތެރޭގައި ބޮޑު ދެ ޓްރަކް ހިމެނެއެވެ. އަދި އަނިޔާވި މީހުންގެ ތެރޭގައި އެވަގުތު ހައިވޭގައި ދުއްވާފައި ދިޔަ ވެހިކަލްތަކުގައި ތިބި މީހުންނާއި މަގުމަތީގައި ތިބި މީހުން ހިމެނެއެވެ.

ރޭލު ދަގަނޑުން ކައްސާލިއިރު، ރޭލުގައި 77 ފަސެންޖަރުންނާއި އެމެރިކާގައި ރޭލުގެ ޚިދުމަތްދޭ މައި ކުންފުނި، އެމްޓްރެކު ހަތް މުވައްޒަފުން ތިބި ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ހާދިސާގައި މަރުވި މީހުގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވުމުގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މި އެކްސިޑެންޓަކީ، އެމަނިކުފާނު ވަރަށް އަވަހަށް ހުށަހަޅުވަން ނިންމަވާފައިވާ އިންފްރާސްޓްރަކްޗަރ ޕްލޭން އަވަހަށް ފާސްކުރަންޖެހޭކަމުގެ ހެއްކެއް ކަމަށެވެ. އެކްސިޑެންޓް ހިނގި ރޭލު ދަގަނޑަކީ ދާދި ފަހުން މަރާމާތުކޮށްފައިވާ ދަގަނޑެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް